މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައު ބޭފުޅަކު އައްޔަން ކޮށްފިއެވެ.
އެމްއައިބީގެ އެމްޑީކަމުގެ މަޤާމަށް އައްޔަށް ކޮށްފައިވަނީ ބަންގްލަދޭޝްގެ ބޭފުޅެއް ކަމުގައިވާ އަބްދުލް މުހައިމިންއެވެ. އަބްދުލް މުހައިމިން ވަނީ ބަންގްލަދޭޝް ޔުނައިޓެޑް ކޮމާޝަލް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމާއި ބަންގަލަދޭޝްގެ އެންމެ ބޮޑު އެއް ބޭންކް ކަަމަށްވާ ބްރެކް ބޭންކްގެ އެމްޑީ އާއި ސީއީއޯގެ މަޤާމު ފުރުއްވާފައިވެ އެވެ.
މިދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފައިވާ މުހައިމިން އެމްބީއޭ ހާސިލް ކުރެއްވީ ބަންގްލަދޭޝްގެ ޑާކާ ޔުނިވަރސިޓީއިންނެވެ. ކެމްބްރިޖު ޔުނިވާސިޓީ އާއި ހާވާޑް ޔުނިވާސިޓީ އިންވެސް ތައުލީމް ހާސިލްކުރެއްވި މުހައިމިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން މެނޭޖްމެންޓް ދާއިރާއިންވެސް ވަނީ ކިޔަވާ ވިދާޅުވެފައެވެ.
2010 ވަނަ އަހަރު ޚިދުމަތް ދޭންފެށި އިސްލާމިކް ބޭންކު އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާއެކުގަ އެވެ. ނަމަވެސް 2017 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ އެމްއައިބީގެ އިތުރު 10 ޕަސެންޓް ހިއްސާ ގަނެފަ އެވެ. މި ބަދަލާއެކު އެމްއައިބީގައި އޮތް އައިސީޑީގެ ހިއްސާއަކީ މިހާރު 70 ޕަސެންޓެވެ. އަދި ދިވެހި ސަރުކާރުގެ ހިއްސާ 25 ޕަސެންޓުގައި ހުރިއިރު އަމާނާ ތަކާފުލްގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ.

















ޚިޔާލު