ވިޔަފާރި އެއާޕޯޓުގައި އިސްލާމިކް ބޭންކުގެ އޭޓީއެމެއް ހުޅުވައިފި

އެއާޕޯޓުގައި އިސްލާމިކް ބޭންކުގެ އޭޓީއެމެއް ހުޅުވައިފި

އެއާޕޯޓުގައި އިސްލާމިކް ބޭންކުގެ އޭޓީއެމެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އިސްލާމިކް ބޭންކުގެ އޭޓީއެމެއް ހުޅުވައިފިއެވެ.

އިންޓަނޭޝަނަލް އެރަވައިލް ގޭޓް ކައިރި ހުންނަ އުރީދޫ ފިހާރަ ކައިރީގައި ބެހެއްޓި އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ހިދުމަތްދޭން ފައްޓަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާއި އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާ އެވެ.

މިއީ އެއާޕޯޓުގެ ޚިދުމަތް ހޯދާ މީހުންނަށް ފަސޭހައިން އެމްއައިބީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވި އޭޓީއެމް އެއް ކަމަށް އެމްއައިބީއިން ބުނެއެވެ. މިއޭޓީއެމްގައި އިނގިރޭސި ބަހާއި ދިވެހި ބަހުގެ އިތުުރުން ބަނގުލަދޭޝް ބަސް ހިމެނޭއިރު އެމްއައިބީގެ އެހެން އޭޓީއެމްތަކުން ލިބޭ ޚިދުމަތްތައް މިއޭޓީއެމްއިންވެސް ލިބޭނެކަމަށް އެމްއައިބީއިން ބުނެއެވެ.

އެމްއައިބީއިންވަނީ ދާދިފަހުން އެބޭންކްގެ މޮބައިލް އެޕްލިކޭޝަންވެސް ތަޢާރަފް ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.