ވިޔަފާރި ޖެނުއަރީއިން ފެށިގެން ބަހުގެ ޚިދުމަތުން އަގުނަގަން ނިންމައިފި

ޖެނުއަރީއިން ފެށިގެން ބަހުގެ ޚިދުމަތުން އަގުނަގަން ނިންމައިފި

ޖެނުއަރީއިން ފެށިގެން ބަހުގެ ޚިދުމަތުން އަގުނަގަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލެ ހުޅުމާލެ ބެހުގެ ޚިދުމަތުން އަގު ނަގަން ނިންމާފައިވާ ކަމަށް އެޚިދުމަތް ދެމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ މާލެ-ހުޅުމާލެ އަދި މާލެ- ހުޅުލެއާ ދެމެދު ދެމުންގެންދާ ބަހުގެ ހިދުމަތުން އަގު ނަގަން އެކުންފުންޏަށް ސަރުކާރުން ހުއްދައެއް ދީފައިވާ ކަމަށާއި އެހެންވެ އެ ދަތުރުތަކުގެ ފިއަކީ 10ރ. ކަމަށް ނިންމާފައިވާ ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެމްޕީއެލްއިން ދެމުން އަންނަ ބަހުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ އެއްވެސް އަގެއް ނުނަގައެވެ. ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އަގު ނަގަން ނިންމިޔަސް އެއަގަކީ ދެކޮޅު ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ކުރާ ޚަރަދު ދެކޮޅު ޖެހޭވަރުގެ އަގަކަށް ނުވާނެ ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.