ވިޔަފާރި ރޯދައަށް ގޭހުގެ އަގު ހެޔޮކޮށްފި

ރޯދައަށް ގޭހުގެ އަގު ހެޔޮކޮށްފި

ރޯދައަށް ގޭހުގެ އަގު ހެޔޮކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވް ގޭހުން، އެކުންފުނިން ވިއްކާ 10 ކިލޯގެ ކައްކާ ގޭހުގެ އަގު ރޯދަމަހާ ދިމާކޮށް ހެޔޮކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ އެމްޑީ އަބްދުﷲ މައުމޫން ވިދާޅުވީ 200 ރުފިޔާއަށް ވިއްކާ 10 ކިލޯގެ ގޭސްފުޅި ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ވިއްކާނީ 150 ރުފިޔާއަށް ކަމަށެވެ.

މިބަދަލާއެކު 10 ކިލޯގެ ގޭސްފުޅި އަކުންވަނީ 50 ރުފިޔާ އަގުހެޔޮވެފައެވެ.

އަތޮޅުތަކުގައި މޯލްޑިވް ގޭސް ވިއްކާ އެޖެންޓުންވެސް ކަސްޓަމަރުންނަށް ރޯދަމަހު ގޭސް ވިއްކަމުން ގެންދާންވާނީ 50 ރުފިޔާ ހެޔޮކޮށް ކަމަށް އެކުންފުނިން ބުނެއެވެ. އަދި ކުރީގެ ސްޓޮކެއް އެޖެންޓުން އަތުގައި ހުރި ނަމަވެސް 50 ރުފިޔާ ހެޔޮކޮށް ވިއްކުމަށްފަހު ބަދަލު ހޯދުމަށް ހުށަހެޅުމަށް މޯލްޑިވް ގޭހުން ބުނެއެވެ.

މިއީ ރޯދަމަކީ ޚަރަދު ބޮޑު މަހަކަށްވުމުގެ ސަބަބުން އެކުންފުނީގެ ކަސްޓަމަރުންނަށް އިނާޔަތެއް ދިނުމުގެ މަޤްޞަދުގައި ކުރިކަމެއް ކަމަށް މޯޑިވް ގޭހުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.