ވިޔަފާރި

އެމްއައިބީގެ ދެ އޭޓީއެމެއް އަމީނީމަގުގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ދެ އޭޓީއެމްއެއް އަމީނީމަގުގައި ހުޅުވައިފިއެވެ.

އަމީނީމަގުގައި ހުންނަ އަމީނީ ބިލްޑިންގ ކައިރި ހުންނަ މިއޭޓީއެމްތައް ހުޅުއްވައި ދެއްވީ އެމްއައިބީގެ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހުމަދު ރިޒާ އާއި ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ މުއާވިއަތު މުހައްމަދު އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިބީގެ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ މި އޭޓީއެމްތައް ހުރި ސަރަހައްދަކީ ކޮލެޖުތަކާއި އޮފީސްތަކާއި ކައިރިތަނަކަށްވުމުން ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިއަދު ހުޅުވި އޭޓީއެމްތަކާއެކު އެމްއައިބީއިން ޙިދުމަތް ދިނުމަށް ބަހައްޓާފައިވާ އޭޓީއެމްތަކުގެ އަދަދުވަނީ 12 އަށް އަރާފައެވެ. މާލޭގެ އިތުރުން އެމްއައިބީގެ ބްރާންޗްތައް ހުންނަ ސަރަހައްދުތައް ކަމުގައިވާ ހުޅުމާލެ، ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ އަދި އައްޑޫ ސިޓީއިން އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ލިބެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *