ވިލާ ގޭހުން ވިއްކާ 10 ކިލޯގެ ކައްކާ ގޭސްފުޅީގެ އަގު ރޯދަމަހަށް ހެޔޮކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ވިލާ ގޭހުން ބުނެފައިވަނީ 200 ރުފިޔާއަށް ވިއްކި 10 ކިލޯގެ ގޭސް ފުޅިއެއް ރޯދަމަހު ވިއްކާނީ 150 ރުފިޔާ އަށް ކަމަށާއި ރޯދަމަސް ނިމެންދެން މިއަގުގައި ގޭސް ގަންނަން ލިބޭނެ ކަމަށެވެ.
ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން ދިމާވާ ދަތިކަން ހައްލުކުރުމަށް ވިލާ ގޭހުންވަނީ އެކްޕްރެސް ޑެލިވަރީގެ ނަމުގައި މިމަހުން ފެށިގެން ގޭސްފުޅި ގެންގޮސްދިނުމުގެ ޚިދުމަތެއް ފަށާފައެވެ. މިޚިދުމަތުގެ ދަށުން ހެނދުނު 11:00 އާއި އިރުއޮއްސި 6:00 އާ ދެމެދު ގޭސް ޑެލިވަރީ ކޮށްދޭނީ ކޮންމެ ފުޅިއެއް ވަކިން ގެންދާ ގޮތަށެވެ. އަދި މިޚިދުމަތަށް 30 ރުފިޔާގެ ޗާޖެއް ނަގާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ރޯދައާއި ދިމާކޮށް މޯލްޑިވް ގޭހުންވެސްވަނީ އެކުންފުނިން ވިއްކާ 10 ކިލޯގެ ގޭހުން 50 ރުފިޔާ ހެޔޮކޮށްފައެވެ.

















ޚިޔާލު