ރާއްޖޭގެ ޚަބަރުވިޔަފާރި

ބީއެމްއެލް އިސްލާމިކް ބޭންކުން ދޫކޮށްފައިވާ ފައިނޭސިންގ އަށް ފައިސާދެއްކުން 6 މަސްދުވަހަށް ފަސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ބޭންކުން ދޫކޮށްފައިވާ ފައިނޭސިންގ އަށް ފައިސާދެއްކުން 6 މަސްދުވަހަށް ފަސްކޮށްފި އެވެ.

ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްފައިވާކަން އެ ބޭންކުން އިއުލާންކޮށްފަައިވަނީ މިއަދުއެވެ.

އެބޭންކުން ނެރެފައިވާ ޢިއުލާނެއްގައި ހާމަކޮށްފައިވާގޮތުގައި މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން ނަގާފައިވާ ފައިނޭންސިންގ ތަކުގެ ޕްރިންސިޕަލް އަދި ޕްރޮފިޓް/ލީސް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްފައިވާކަމަށާއި ބޭންކް އޮފް މޯލްޑިވްސްގެ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން 6 މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް 1 މާރިޗް 2020 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެކަމަށް އެބޭންކުން ހާމަކުރެއެވެ.

ފައިނޭންސިންގ އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ފައިނޭންސިންގ އަށް ގަވައިދުން ދައްކަންޖެހޭ ފައިސާ ދައްކަ ފަރާތަކަށް ވުމެވެ.

މިގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ފައިނޭންސިންގ ގެ ފައިސާ ފަހުންދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެއެވެ.

ފައިނޭންސިންގ އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް 6 މަސް ދުވަހު ފައިނޭންސިންގ ގެ ޕްރިންސިޕަލް އަދި ޕްރޮފިޓް/ލީސް މި 6 މަސްދުވަހު ދަައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި 6 މަސް ދުވަހު ލޯނުގެ ފައިނޭންސިންގ އަށްވާ ފައިސާ ފައިނޭންސިންގ ގެ އަދަދަށް އިތުރުކުރެވި ފައިނޭންސިންގ ގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެއެވެ.

ފައިނޭންސިންގ ތަކުގެ ޕްރޮފިޓް/ލީސް ރޭޓް އަދި ފައިނޭންސިންގ އަނބުރާ ދެއްކުމުގެ މުއްދަތަށް ބަދަލެއް ގެނެވިފައި ނުވާއިރު މިހާރުވެސް ފައިނޭންސިންގ އަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފައިނޭންސިންގ އަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ފައިނޭންސިންގ އާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ފައިނޭންސިންގ އަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ފުރުސަތު ފަހިކޮށްދީ އަދި ވަކިން ހާއްސަކޮށް ފަރުދުންނަށް އޮންލައިންކޮށް މިކަމަށް އެދި ހުށަހެޅޭނެ ގޮތް މިއަންނަ ހަފްތާތެރޭގައި ހަމަޖެހިގެންދާނެކަމަށްވެސް އެ ބޭންކުން ހާމަކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *