އެމެރިކާ

ހެއިޓީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ!

ހެއިޓީއަށް މިއަދު އަނެއްކާވެސް ބާރުގަދަބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުމެއްއައިސް ގާތްގަނޑަކަށް ދޮޅުލައްކަ މީހުން މަރުވިތާ ހަފްތާއެއްވީތަނާ މިއަދު އަނެއްކާވެސް މިވަނީ ރިކްޓާ މިންގަނޑުން 6.1 ގެ ބިންހެލުމެއް އައިސްފައެވެ. މިބިންހެލުމުގެ ސަބަބުން ހެއިޓީގެ ރައްޔިތުންވަނީ އިތުރުބިރުވެރިކަމެއްގެ ތެރެއަށްވެއްޓިފައެވެ. ބިންހެލުން އައިސް ރަށުގެ ގިނަޢިމާރާތްތަކެއް ބިމާހަމަވެފައިވާހެޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ އެޤައުމުގައި ލޫޓުވުމާއި މާރާމާރީ އިތުރުވެގެން ދިޔުމެވެ. ބަނޑުފުރާނަ މުއްތިކުރުމުގެ ގޮތުން މީހުންގެ މުދާތައް ލޫޓުވުން ވަނީ އިންތިހާދަރަޖައަށް ގޮސްފައެވެ. ހެއިޓީއަށް ކުރިމަތިވި ބިންހެލުމުގެ ސަބަބުން އެރަށް އަލުންއާބާދު ކުރުމަށް އެތައްއަހަރެއް ނަގާނެކަމަށް ކަމާއިބެހޭ މާހިރުން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *