ޔޫރަޕު

މޫނު ބުރުގާ އެޅުން މަނާކުރާތީ ސްޕެއިންގެ މިސްކިތްތަކުން އެކަމާއި ދެކޮޅަށް ނުކުންނަނީ

މޫނު ބުރުގާ އެޅުން މަނާކުރާތީ ސްޕެއިންގެ މިސްކިތްތަކުން އެކަމާއި ދެކޮޅަށް ނުކުންނާނެކަމަށް މިސްކިތްތަކުން އިސް ފަރާތްތަކުން ހާމަކޮށްފިއެވެ.

މޫނު ބުރުގާ އެޅުން މަނާކުރުމަށް ސްޕޭންގެ ސަރުކާރުން ނިންމުމާއި ގުޅިގެން ސްޕޭންގެ 11 މިސްކިތަކުން ވަނީ އެކަމާއި ދެކޮޅަށް 'ގާނޫނީ އިމުގެ ތެރޭގައި' ކުރެވެން އޮތް ހުރިހާކަމެއް ކުރާނެކަމަށް ހާމަކޮށްފައެވެ. ސްޕޭންގައި މުސްލިމުންގެ 1 މިލިއަނަށްވުރެ މީހުން އުޅޭއިރު މިފަދަ ޤާނޫނެއް ފާސްކޮށްގެން އިސްލާމީ ޝިޔާރެއް މަނާކުރުމަށް އުޅުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށް ސްޕޭންގެ މުސްލިމު ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.

ހުޅަނގުގެ ގައުމުތަކުގައި 'މޫނު ބުރުގާ' އެޅުމާއި ދެކޮޅަށް ބޮޑެތި ކެމްޕޭންތަކެއް ވަނީ ފަށާފައެވެ. ޤާނޫނުތައް ފާސްކޮށްގެންނަމަވެސް އެކަން ހުއްޓުވޭތޯ ދަނީ ގިނަ ގުނަ މަސައްކަތް ކުރަމުންނެވެ. އެމީހުން ބުނާގޮތުގައި އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް އެކަކު އަނެކަކުގެ ސިފަ އެނގެން ޖެހޭނެކަމަށާއި ވާހަކަ ދެކެވޭ މީހާގެ 'ފޭސް އެކްސްޕެރެޝަން' އެނގެން ޖެހޭނެ ކަމަށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ya saathir yaa rabb..furihama minivan kan nulibenee muslim gaumu thakuga kamah bunaa meehun ge kantha huna goy mee.

Your email address will not be published. Required fields are marked *

More in ޔޫރަޕު