ބޭނުންވާތަކެތި
1 ބިސް
2 ސަމުސާ ބޭކިންގ ޕައުޑަރ
2 ސަމުސާ ފުށް
1 ބަށި ( އަދައިގެ ސައިޒެއްގެ )
1 ސަމުސާ ބަޓަރ
1 ބޮޑުފިޔާ ( ކުދިކޮށް ކޮށާފައި )
1 ދަޅުމަސް
ހިކަނދިފަތް ( ކުދިކޮށް ކޮށާފައި )
1 ގިތެޔޮމިރުސް
ރަހަލާވަރަށް ލޮނުކޮޅެއް
ރަހަލާވަރަށް މުގުރި އަސޭމިރުސްކޮޅެއް
ހައްދަވާނެގޮތް
ބަށީގެ ތޮށި މަށައިލުމަށްފަހު ކުދިކޮށް ކޮށާލާފައި ފެންފޮދެއްގައި މަޑުކޮށްލާށެވެ. ފެންފޮދަށް ކުޑަލޮނުކޮޅެއް އަޅާލާށެވެ. ރަނގަޅަށް މަޑުވުމުން ބަށިކޮޅު ވަކިން ނެގުމަށްފަހު ރަގަޅަށް ޗިސްކޮށްލާށެވެ. ޖޯޑެއްހާ ބަށީގެ ތެރެއަށް ފިޔާ، ދަޅުމަސް، ހިކަނދިފަތް، ގިތެޔޮމިރުސް ،ބިހާއި، ބޭކިންގ ޕައުޑަރ، ލޮނު، އަސޭމިރުސް، އަދި ބަޓަރ އެޅުމަށްފަހު މިކްސަރެއްގައި ރަގަޅަށް އެއްކޮށްލާށެވެ. އެއްށްފަހު ކުދިކޮށް ގުޅަޖެހުމަށްފަހު ހޫނު ތެޔޮ އެއްޗަކަށް އަޅައިގެން މުށި ކުލަ އަރަންދެން ތެލުލާށެވެ. ނުވަތަ ބޯކިބާ ފިހާހެން އަވަނެއްގައި ފިހާށެވެ.
ޚިޔާލު