ރާއްޖޭގެ ޚަބަރު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ހޮވައިފި

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ހޮވައިފި

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ހޮވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ އަހަރު ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުން މިއަދު ހޮވައިފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ގުރުއަތުލުމުގައި މި 50 މީހުން ހޮވާފައިވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބި ފަރާތްތަކުގެ މެދުގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރު ފަޤީރުންގެ ދަފްތަރުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ 376 މީހުން އެބަތިބިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ތެރޭގައި މި ހުރިހާ ފަރާތްތަކެއް ޙައްޖަށް ފޮނުވައި ނިންމުމަށް ވަނީ ރޭވިފައެވެ.

ގުރުއަތުން ހޮވުނު 50 މީހުންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ ޙައްޖަށް ނުދެވޭ ފަރާތްތަކުގެ ބަދަލުގައި ދިއުމަށް އިތުރު 25 މީހުންގެ ނަން ވެސް ވަނީ ގުރުއަތުން ނަގާފައެވެ. މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން ދެވަނަ އަހަރަށް ހޮވުނު ބުރުއެވެ.

މިދިޔަ އަހަރު 50 މީހުންނާއި މިއަހަރު 50 މީހުން ހިމަނައިގެން މިހާތަނަށް ޖުމްލަ 100 މީހުން ވަނީ ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާފައެވެ. ރައީސް މުޢިއްޒުގެ ވަޢުދަކީ މި ދައުރުގެ ތެރޭގައި 1000 މީހުން ޙައްޖަށް ފޮނުވުމެވެ.

އަންނަ އަހަރުން ފެށިގެން ޙައްޖަށް މީހުން ގެންދިއުމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި 65 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަ އިންސައްތައެއް ކަނޑައެޅުމާއި، 75 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން އެހީތެރިއަކު ބޭނުންވާ ފަރާތްތަކަށް އެހީތެރިއަކު ގެންދިއުމުގެ ފުރުޞަތު ހިމެނެއެވެ.

ޓެގް

ފަޤީރުންގެ ލިސްޓު ޙައްޖު ޢުމްރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.