ބޭނުންވާނެ ތަކެތި
- 1/2 ޖޯޑު ބަޓަރު
- 1/2 ބްރައުން ޝުގަރ
- 2 ބިސް
- 1 ސައިސަމްސާ ވެނީލާ އެސެންސް
- 1/2 ޖޯޑު ނަޓެއްލާ
- 3/4 ޖޯޑު ފުށް
- ޗޮކްލެޓް ޗިޕްސް / ނަޓްސް
- 1/4 ސައިސަމްސާ ލޮނު
ތައްޔާރުކުރާނެ ގޮތް
180 ޑިގްރީއަށް އަވަން ހޫނުކޮށްލާށެވެ. ބުރައުނީ ތައްޔާރު ކުރުމަށް ބޭނުންވާ ޓްރޭގައި ފޮއިލް ނުވަތަ ބޭކިންގ ކަރުދާސް އަޅާލާށެވެ. މިކްސަރއަކުން ރަނގަޅަށް ބަޓަރުތައް ގިރުވާލުމަށްފަހު ހަކުރާއި ފަހަރަކު ބިހެއް އަޅަމުން އެއްކޮށް އެއްވަންދެން ގިރުވަމުން ގެންދާށެވެ. އެއަށްފަހު ނަޓެއްލާ އަދި ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ. އަދި ލޮނާއި ފުށް އަޅަމުން އެއްކުރަމުން ގެންދާށެވެ. ރަނގަޅަށް އެއްވުމުން ޗޮކްލެޓް ޗިޕްސް އެއްކޮށްލާށެވެ.
އެއަށްފަހު ޓްރޭ ތެރެއަށް އެޅުމަށްފަހު25 މިނެޓާއި30 މިނެޓުވަންދެން އަވަނުން ފިހެލާށެވެ.
ޚިޔާލު