ބޭނުންވާނެ ތަކެތި
- 200 ގ ވާރމިސެލި
- 1 ދަޅު ގެރިކިރު
- 20 ގްރާމް ކަނަމަދު
- 2 މޭޒުމަތީ ސަމްސާ މާޖިރީން
- 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
- 1/4 މޭޒުމަތީ ސަމްސާގެ ފޮނިތޮށި (ހިމުންކޮށްފައި)
- 1/4 މޭޒުމަތީ ސަމްސާގެ ކާފޫރުތޮޅި (ހިމުންކޮށްފައި)
- 20 ގްރާމް ހިކިމޭބިސްކަދުރު
- 15 ގްރާމް ރާނބާފަތް
- 1 ދަޅު ޒުވާރިފުށް
- 65 ގްރާމް ހަކުރު
ތައްޔާރުކުރާނެ ގޮތް
ތެއްޔަކަށް މާޖިރީން އެޅުމަށްފަހު އުނދުން މައްޗަށްލާ ވިރުވާލާށެވެ. އެއަށްފަހު އެއިގެ ތެރެއަށް ހިކިމޭބިސްކަދުރާއި ކަނަމަދު އެޅުމަށްފަހު ރަތްވުމުން ނަގާށެވެ. އަނެއްކާވެސް އެތެލީގެ ތެރެއަށް ވާރމިސިލީ އެޅުމަށްފަހު ރަތްވަންދެން ރޯސްޓްކޮށްލާށެވެ. އެއަށްފަހު އެއިގެ ތެރެއަށް ކިރާއި ގެރިކިރާއި އެސެންސާއި ކާފޫރުތޮޅި އަދި ފޮނިތޮށި ޒުވާރިފުށާއި ރާނބާފަތް އެޅުމަށްފަހު އޮލަވަންދެން ކައްކާލާށެވެ. އޮލަވުމުން އެއިގެ ތެރެއަށް ކަނަމަދާއި ހިކިމޭބިސްކަދުރު އަޅާށެވެ.
ޚިޔާލު