ރާއްޖޭގެ ޚަބަރު އިސްލާމީ ވުޒާރާގެ މުވައްޒިފުންނަށް ޢުމްރާ ކުންފުނި ނުހިންގޭ ގޮތް ހެދުމުގެ މަޝްވަރާތައް ކުރަނީ

އިސްލާމީ ވުޒާރާގެ މުވައްޒިފުންނަށް ޢުމްރާ ކުންފުނި ނުހިންގޭ ގޮތް ހެދުމުގެ މަޝްވަރާތައް ކުރަނީ

އިސްލާމީ ވުޒާރާގެ މުވައްޒިފުންނަށް ޢުމްރާ ކުންފުނި ނުހިންގޭ ގޮތް ހެދުމުގެ މަޝްވަރާތައް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމިއްލަ ޢުމްރާ ކުންފުނިތައް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިނުވެވޭ ގޮތް ހެދުމަށް މަޝްވަރާތަކެއް ފަށައިފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

މި މަޝްވަރާތައް ފެށުމުގެ މައިގަނޑު ސަބަބު ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، "އިސްލާމީ ވުޒާރާއަކީ ރާއްޖޭގެ ޢުމްރާ ކުންފުނިތައް ރެގިއުލޭޓްކުރާ ވުޒާރާ ކަމުގައި ވުމާ އެކު، ވުޒާރާގެ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އަމިއްލަ ޢުމްރާ ކުންފުނިތައް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫން" ކަމަށެވެ.

މި މައްސަލައަކީ ގިނަ ޢާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ. ކޮންމެ ސަރުކާރެއްގައިވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަޤާމުތަކުގައި އުޅުއްވާ ބައެއް ބޭފުޅުންނަކީ އަމިއްލަ ޢުމްރާ ގުރޫޕްތައް ހިންގަވާ ފަރާތްތަކެވެ.

ގިނަ ބައެއްގެ ޚިޔާލުގައި، މިއީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އެހެންކަމުން، މި ބަދަލަކީ ގިނަ ޢާންމުން ގެނައުމަށް އެދެމުން އަންނަ ބަދަލެއްކަން ފާހަގަކުރެވެއެވެ.

މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ ވުޒާރާގެ މުވައްޒަފުންނަށް އަމިއްލަ ޢުމްރާ ކުންފުނިތައް ހިންގުމުގައި ބައިވެރިވުން މަނާކުރެވޭނެ ގޮތްތަކެއް އެކުލަވާލެވިގެންދާނެ ކަމަށް ބެލެވެއެވެ.

ޓެގް

ޢުމްރާ ކުންފުނިތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.