ބޭނުންވާނެ ތަކެތި
2 ޖޯޑު ފެން
1 އިންޗި އިނގުރުކޮޅެއް
4 އިންޗި ފޮނިތޮށިކޮޅެއް
12 ކާފޫރުތޮޅި
6 އަސޭމިރުސް ފުށް
3 ކަރަންފޫ
3 ސައިސަމުސާ ސައިފަތް
1 ޖޯޑު ދިޔާކިރު
ހަކުރު
ތައްޔާރުކުރާނެ ގޮތް
ފެނާއި، އިނގުރާއި، ފޮނިތޮށްޓާއި، ކާފޫރުތޮޅިއާއި، އަސޭމިރުހާއި، ކަރަންފޫ ތެއްޔަކަށް އެޅުމަށްފަހު ބޮކިޖަހަންދެން ކައްކާށެވެ. ދެން އެއަށްފަހު، އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލާފައި 15 މިނެޓެއްހާއިރު ކެކިލަން ބަހައްޓާށެވެ. ދެން އުނދުން މަތިން ތެލި ބާލާފައި ތެލީގެ ތެރެއަށް ސައިފަތްކޮޅު އަޅައި2 މިނިޓެއްހާއިރު ބަހައްޓާށެވެ. އެއަށްފަހު ހަކުރާއި ކިރު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އަނެއްކާވެސް ތެލީގައިހުރި ތަކެތި ކެކިގަންނަންދެން އުނދުން މައްޗަށްލާ ކައްކާލާށެވެ.
ޚިޔާލު