ރާއްޖޭގެ ޚަބަރު ޒަމާނީ މިސްކިތެއް ބިނާކުރުމަށް މާފަންނު ބޮޑުގެ ވަޤުތީ މިސްކިތް ތަޅާލަނީ

ޒަމާނީ މިސްކިތެއް ބިނާކުރުމަށް މާފަންނު ބޮޑުގެ ވަޤުތީ މިސްކިތް ތަޅާލަނީ

ޒަމާނީ މިސްކިތެއް ބިނާކުރުމަށް މާފަންނު ބޮޑުގެ ވަޤުތީ މިސްކިތް ތަޅާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒަމާނީ ފެންވަރުގެ ހިތްގައިމު މިސްކިތެއް ބިނާކުރުމަށްޓަކައި، މާފަންނު ބޮޑުގެ ވަޤުތީ މިސްކިތް ތަޅާލުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި މަހުގެ 17 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު މިސްކިތް ބަންދުކުރެވޭނެއެވެ. އަދި އޭގެ ފަހުން ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"إن شاء الله ނޮވެންބަރު 4 ވަނަ ދުވަހު އެތަނުގައި އައު ޒަމާނީ މިސްކިތުގެ ބިންގައު އަޅާނެ،" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މާފަންނު ބޮޑުގޭގައި މިހާރު ހުރި ވަގުތީ މިސްކިތް ބޭނުންކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް، އަލަށް އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަޝްރޫޢުގެ އިތުރު ތަފްސީލުތައް އަދި ވަނީ ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ މިސްކިތްތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. އައު މިސްކިތް ނިމުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ ޒަމާނީ ވަސީލަތްތަކާ އެކު ހެދޭ މިސްކިތަކަށް ވާނެއެވެ.

ޓެގް

މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.