ބޭނުންވާ ތަކެތި
250ގ ބަޓަރު
250ގ ފުށް
6 ބިސް
225 އެމް އެލް ފެން
2/1 ސައިސަމްސާ ލޮނު
1 ސައިސަމްސާ ފޯޑަރު
150ގ ހަކުރު
ތައްޔާރުކުރާނެ ގޮތް
ތެއްޔަކަށް ފެން އަޅާފައި ކައްކަން އުދާށެވެ. ކެކި ގަތުމުން ބަޓަރު ކޮޅު އަޅާފައި ދިޔާވުމުން ފުށް އަޅާ ރަންގަޅައް އެއްކޮށްލާފައި އުނދުންމަތިން ބާލާށެވެ. ކުޑަކޮށް ހިހޫވުމުން ލޮނު، ފޯޑަރު އަދި ފަހަރަކު ބިހެއް އަޅަމުން އެއްކުރާށެވެ. ތެޔޮތާސް އުދާފައި ތެޔޮ ހޫނުވުމުން އައިސިން ބޭގަކަށް ފުށް އަޅާފައި ( ބޮޑު ސްޓާރ ނޮޒްލް އެއްގައި ) ތެޔޮ ތާހާއި ދިމާކޮށްފައި 2 އިންޗީގެ ދިގުމިނަށް ކަނޑާލާށެވެ. ތެލުލެވުނީމައި ނަގާ ހަކުރު ފަންޏައް ލާފައި ކުޑަކޮށް ފޯވީމައި ނަގާ ޓްރޭއެއްގައި އަތުރާށެވެ.
ނޯޓް: ހަކުރު ސިރަޕް ހެދުމަށް 2/1 1 ޖޯޑު ހަކުރު ތެރެއަށް 10 ޖޯޑު ފެން އަޅާ ރަނގަޅަށް ކެއްކުމައްފަހު 1 ސައިސަމްސާ ވެނީލާ އެސެންސް އަޅާ އުންދުން މަތިން ބާލާށެވެ.
ޝުކުރިއްޔާ އިހޫ…
މި ފުއްގަނޑަ ހަކުރު ނުލާތަ
ޒިލޭބި ހަދާގޮތް ލިޔެލަދީބަލަ
ފޯޑަރު އެޢީ ބޭކިން ޕައުޑަރ ދޯ.
ޒިލޭބީ ހަދާގޮތް ލިޔެދެއްވާ….
forder aki baking soda tho or baking powder tho.
ބޭކިންގ ޕައުޑަރ