ބޭނުންވާނެ ތަކެތި
2 ޖޯޑު ބާސްމަތީ ހަނޑޫ
2 ފިޔާ (ތުނިކޮށް ކޮށައިފައި)
7 ޖޯޑު ފެން
30 ގުރާމު ކަނަމަދު
30 ގުރާމު ހިކި މޭބިސްކަދުރު
1 ސައިސަމުސާ ދަވިއްގަނދު (ހިމުންކޮށް މުގުރާފައި)
8 ކަރަންފޫ (ހިމުންކޮށް މުގުރާފައި)
⅓ ސައިސަމުސާ ފޮނިތޮށި (ހިމުންކޮށް މުގުރާފައި)
⅓ ސައިސަމުސާ ކާފޫރުތޮޅި (ހިމުންކޮށް މުގުރާފައި)
2 މޭޒުމަތީސަމުސާ ގިތެޔޮ
8 އިންޗީގެ ރާނބާފަތް
2 ހިކަނދިފަތް
ތެޔޮ، ލޮނު
ތައްޔާރުކުރާނެ ގޮތް
ހަނޑޫކޮޅު ރަނގަޅަށް ދޮވެލާށެވެ.
ތެއްޔަކަށް ތެޔޮކޮޅު އަޅައި ރަނގަޅަށް ހޫނުވުމުން ހިކަނދިފަތާއި ފިޔަލުގެ3/4 އަޅައި ރަނގަޅަށް ރަތްކޮށްލާށެވެ. އެއަށްފަހު ކަނަމަދާއި ހިކިމޭބިސްކަދުރުވެސް އަޅައި ރަނގަޅަށް ރަތްވުމުން ވަކިން ތައްޓަކަށް މިތަކެތި އަޅާށެވެ.
ބަތްކައްކަން ބޭނުންކުރާ ތެލީގެ ތެރެއަށް ބާކީ ހުރި ފިޔާ، ރާނބާފަތް އަލައިގެން ގިތެލުގައި މީރުކޮށްލާށެވެ. ފިޔާކޮޅު މޯޅިވީމައި، އޭގެ ތެރެއަށް ހަނޑޫ އަޅައި ހަނޑޫ މުރަނަ ވާން ފެށުމުން، ރަނގަޅަށް އެއްކުރަމުން ދަވިއްގަނދު، ފޮނިތޮށިކާފޫރުތޮޅި، ކަރަންފޫ އެޅުމަށް ފަހު ފެން އަޅައިފައި، ލޮނު ހެޔޮވަރު ކޮށްލާށެވެ.
ބަތްތަވާގެ މަތި ރަނގަޅަށް ހިނދުނީމައި މަތިޖަހައިގެން، މަޑުގިނީގައި ފެންފޮދު ހިނދެންދެން ކައްކައިލާށެވެ. ފެންފޮދު ހިނދުނީމައި، އުނދުން ނިއްވައިލައިފައި މޭބިސްކަދުރު، ފިޔާ، ހިކަނދިފަތް، ކަނަމަދު އެޅުމަށް ފަހު، މަޑުމަޑުން އެއްކޮށްލާށެވެ. އެއަށްފަހު ބަތްތަވާގެ މައްޗަށް ރާނބާފަތް އަޅައިފައި، އަނެއްކާ ވެސް މަތިޖަހާށެވެ.
ޚިޔާލު