ބޭނުންވާ ތަކެތި:
300 ގްރާމު ޓޮބްލެރޯން ޗޮކްލެޓު
1000މލ ތާޒާ ކިރު
10 ކުކުޅު ބިސް
200 ގްރާމު ހަކުރު
30 ގްރާމު ކަނަމަދު
30 ގްރާމު ކެޝޫނަޓް
250 ގްރާމު ހަކުރު (ކެރެމަލް ހެދުމަށް)
ހައްދަވާނެ ގޮތް:
ފުރަތަމަވެސް 250 ގްރާމު ހަކުރު ރަނގަޅަށް ކެރެމަލް ކުލަ އަރަންދެން ކައްކާލުމަށްފަހު ކެރެމަލް ފިހަން ބޭނުންވާ ޓްރޭއަށް އަޅާށެވެ. ދެން ހަކުރު ކެއްކި ތެލީގައި ކިރުފޮދު ކެއްކުމަށް އުދާށެވެ. ދެން ބިހާއި 200 ގްރާމު ހަކުރު ގަށާށެވެ. އެއަށްފަހު ކިރުފޮދު ކެކިގަތުމުން ފަރުވާތެރިކަމާއެކު ބިހުގެ ތެރެއަށް އެއްކޮށްލުމަށްފަހު ފުރާނާލާށެވެ. އެއަށްފަހު ޗޮކްލެޓުކޮޅު އެޅުމަށްފަހު ވިރެންދެން ގިރާލާށެވެ. އެއަށްފަހު ތައްޔާރުކުރި ޓްރެއަށް އަޅާށެވެ. ދެން މައްޗަށް ކަނަމަދާއި ކެޝޫނަޓްކޮޅު އެޅުމަށްފަހު ފޮއިލްކޮޅަކުން މަތި ބަންދުކޮށްލާށެވެ. ޕުޑިންގ ކެއްކުމަށްފަހު ޕުޑިންގ ޓްރެއަށްވުރެ ބޮޑު އެހެން ޓްރެއަކަށް ބައި އިންޗި ހުންނަވަރަށް ފެން އެޅުމަށްފަހު މަޑުމަޑުން ޕުޑިންގ ޓްރޭ ފެންގަނޑުގައި ބައިންދައިގެން ސެޓްވަންދެން 150 ޑިގްރީގައި ކައްކާށެވެ.
ޚިޔާލު