ޔޫރަޕު

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިއުންތެރިޔާ އެމީ ވައިންހައުސް މަރުވެފައި އޮއްވާ ފެނިއްޖެ

ލިޔުނީ: އައިޝާ މުނާ

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިއުންތެރިޔާ އޭމީ ވައިންހައުސް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖެހިއިރު ލަންޑަންގައި ހުންނަ އޭނާގެ ގޭތެރޭގައެވެ.

އެނާ ބެލި ޑޮކްޓަރުން ބުނިގޮތުގައި އޭމީ ވައިންހައުސް މަރުވެފައި ވަނީ ޑްރަގް އޯވަރޑޯޒް ވެގެންނެވެ. މަރުވި އިރު އުމުރަކީ 27 އަހަރެވެ. ވައިންހައުސް އަށް ތާޢީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ރާބުއިމާއި މަސްތުވާ އެއްޗެހި ބޭނުން ކުރާލެއް ގިނަކަމުން ލަވަކިޔަން ސްޓޭޖަށް އަރާ ހުރެ ފަހަކަށް އައިސް ކުރެވޭ ނުކުރޭ ކަމެއް ނޭނގެއެވެ. ބައެއް ފަހަރު ރުޅިއައިސްގެން މައިކުވެސް އެއްލާލައެވެ. އަދި މިހެން ވާން ފެށުމުން މީހުން އެނަ ލަވަކިޔަން ހާދަ މޮޅޭ ކިއުމުގެ ބަދަލުގައި އެނާއަށް ފަރުވާ ކުރުމަށް ބުނަމުން ދިޔައެވެ.

އިނގިރޭސިވިލާތުގެ ބައެއް މަޝްހޫރު ލަވަކިޔުންތެރިންނާއި ފިލްމުކުޅޭ މީހުން ބުނާ ގޮތުގައި ވައިންހައުސްއަކީ އެމީހުންގެ ވަރަށް ގާތް އެކުވެރިއެކެވެ. އެނާ މަރުވުމުން ވަރަށް ހިތާމަ ކުރާކަމަށް އެމީހުން ބުނެއެވެ.

ވައިންހައުސް ލަވަކިޔުމަށް ވުރެ ބޮޑަށް މަޝްހޫރީ ސްޓޭޖް މަތީގައި އެނަގެ އައުރަ ދެއްކުމާއި އެހެން މީހުންނަށް ޝަހުވާނީ ގޮތް ދައްކާމީހެއްގެ ގޮތުގައެވެ. މިގޮތުން އެނާގެ ޝޯބަލަން ދާމީހުން ބުނާ ގޮތުގައި އެނަގެ އަޑުގައި އާދަޔާޚިލާފްކަމެއް ހުރެއެވެ. 2007 ވަނަ އަހަރުގައި ކުޅުނު ޝޯއެއްގައި މަސްތުވެގެންހުރެ އޭނަ ވަނީ ލަވައިގެ ލިރިކްސް ހަނދާން ނެތިގެން ބަލަން ތިބި މީހުންގެ ތެރެއިން މީހެއްގެ މޫނުގައި މައިކުން ޖަހާފައެވެ. 2008 ވަނަ އަހަރުގެ ޝޯއެއްގައި އެނާ ސްޓޭޖްގައި މޮޔަގޮވުމުގެ ސަބަބުންނާއި ހޮޑުލާވަރުން އެތަނުން ބާލައިގެން ގެއަށް ގެންގޮސްފައި ވެއެވެ. އޭނަ އަށް ފަރުވާ ކުރުމަށްޓަކައި ވަރަށް ގިނަ ފަހަރު މަސައްކަތް ކޮށްގެންވެސް އެނާ އެއްބާރުލުން ދީފައިނުވާ ކަމަށް ޢާއިލާއިން ބުނެއެވެ.

މަޝްހޫރު ޓީވީ ޝޯއެއްގައި ވައިންހައުސް އަށް ފުރިހަމަ ނުވެފައިވާ އެއްވެސް ކަމެއްވޭތޯ ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނެފައިވަނީ "މާދަމާވެސް އަހަރެން މަރުވެއްޖެ ނަމަ އަހަރެންގެ ހުރިހާ ކަމެއް ފުރިހަމަވީ" ކަމަށެވެ.

ވައިންހައުސްގެ ޢާއިލީ އެކުވެރިއަކާއި އެއްފަހަރަކު ބައްދަލުވެގެން އޭނަގެ ގާތުގައި ވައިންހައުސް ދައްކާފައިވާ ވާހަކައެއް އެ އެކުވެރިޔާ ޙިއްޞާކޮށްފައިވެއެވެ.

"އަހަންނަށް އިނގޭ އަހަރެންގެ ވަރަށް ހުނަރު އެބަހުރިކަން. އެކަމަކު އަހަރެން މިތަނަށް ފޮނުވުނީކީ ލަވަކިޔާކަށް ނޫން. އަހަރެންވެސް އެހެން މީހުން ގޮތަށް ގެވެހި އަންބަކަށް އަދި މަންމައަކަސް ވެސް ވެގެން އުޅޭހިތްވޭ. ކަމެއް ފަށާ ހިސާބަކުން އެކަމެއް ނުނިމޭނެ." ވައިންހައުސް ބުނެފައިވެއެވެ.

ވައިންހައުސްގެ އެކުވެރިން ބުނާގޮތުގައި އޭނާގެ ހަލާކަކީ އެނާގެ ބައްޕައެވެ. އެނާގެ ބައްޕައަކީ ވެސް ލަވަކިޔާމީހެކެވެ. އަދި އެނާގެ އުމުރުން އެންމެ 8 އަހަރުގައި އެނާ ލައްވާ ލަވަކިޔުއްވަން ފަށައިފިއެވެ. ވައިންހައުސްގެ ކުރީގެ ފިރިމީހާ އަކީ ވެސް ޑްރަގް އެޑިކްޓެކެވެ.

ދުނިޔޭގެ ގިނަ  މަޝްހޫރު ލަވަކިޔުންތެރިން މަރުވުމުގެ ސަބަބުކަމަށް ވެފައިވަނީ މަސްތުވާތަކެތި އޯވަރޑޯޒް ވުން ކަމަށް ދިރާސާތަކުން ދައްކައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ޔޫރަޕު