ޔޫރަޕު "އަހަރެން ކޮންމެ ދުވަހަކު ޤުރުއާން ކިޔަން" އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު

"އަހަރެން ކޮންމެ ދުވަހަކު ޤުރުއާން ކިޔަން" އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުޙައްމަދު ވިޝާހް

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރަކީ ކުރިން ދީނުގެ ވާހަކަ ދައްކަން ޖެހިލުންވާ މީހެކެވެ. ނަމަވެސް 2007 ވަނަ އަހަރު ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ ވަޒީފާއިން ވަކިވުމަށްފަހު ދީނުގެ މުހިންމުކަމާ ބެހޭގޮތުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ގެންދަނީ ވާހަކަދައްކަމުންނެވެ. އަދި އެމަގާމުން އިސްތިއުފާ ދިނުމަށްފަހު ޓޯނީ ބްލެއަރވަނީ އޭނާގެ ދީން ކްރިސްޓިއަން ދީނުގެ ކެތަލިކް މަޒްހަބަށް ބަދަލުކޮށްފައެވެ. ނަމަވެސް މިހާރު އޭނާ ދަނީ ކީރިތި ޤުރުއާން ކިޔަވަން ފަށާފައެވެ.

ބްލެއަރ ބުނާ ގޮތުން އޭނާ ޤުރުއާން ކިޔަވަނީ ދީނާ ބެހޭގޮތުން މައުލޫމާތު މުއްސަނދި ކުރުމަށްޓަކައެވެ. އޮބްޒަރވަރ މެގަޒިނަށް ދިން ބަސްދީ ގަތުމެއްގައި ބްލެއަރ ބުނެފައިވަނީ ބަވަނަ ވަމުންދާ ދުނިޔެއެއްގައި ދީނާ ބެހޭ މައުލޫމާތު ލިބިފައިހުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

"އަހަރެން ކޮންމެ ދުވަހަކު ކީރިތި ޤުރުއާން ކިޔަން. އެއް ސަބަބަކީ ދުނިޔޭގައި ހިނގަމުންދާ ބައެއް ކަންކަން ފަހުމް ކުރުމަށްޓަކައި. ނަމަވެސް މައިގަނޑު ސަބަބަކީ ވަރަށް ގިނަ ބޭނުންތެރި އަގުހުރި އަދި ޝައުގުވެރިވާ ފަދަ މައުލޫމާތުތަކެއް އެކުލެވޭތީ" މީގެ އިތުރުން ބްލެއަރ ބުނެފައިވަނީ ޔުނައިޓެޑް ނޭޝަންސް، ޔުނައިޓެޑް ސްޓޭޓްސް، ރަޝިޔާ އަދި ޔޫރަޕިޔަން ޔޫނިއަންގެ ފަރާތުން މުދެއިރު މައްޗަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ ދައުރުގެ މަތިން ހަދާން ކޮށްދޭކަމަށެވެ.  މީގެ އިތުރުން އިޒްރެއިލް – ފަލަސްޠީން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމަށްވެސް ބްލެއަރ ވަނީ ބުނެފައެވެ.

އިސްލާމްދީނަކީ ވަރަށްވެސް ރިވެތި ދީނެއް ކަމަށާއި މުޙައްމަދުގގެފާނަކީ 'މުޖްތަމައު ވަރަށް ބޮޑަށް ބިނާ ކުރެއްވި' ފަރާތެއްކަމަށް ވިދާޅުވެފައެވެ. 2006 ވަނަ އަހަރު ޓޯނީ ބްލެއަރ ބުނެފައިވަނީ ކީރިތި ޤުރުއާނަކީ އިސްލާހުގެ މަގަށް ބަދަލު ކުރުވަނިވި ފޮތެއް ކަމަށެވެ. އެފޮތުގައި ސައިންސާއި އެހެނިހެން ޢިލްމު ހިމެނޭ ކަމަށާއި ސިހުރުހާހޫރައާއި އިދިކޮޅު ފޮތެއްކަމަށެވެ. މީގެއިތުރުން އެފޮތަކީ ޢަމަލީ މައިދާނުގައި ވަރަށް ފައިދާހުރި ފޮތެއް ކަމަށާއި، ކައިވެންޏާއި، އަންހެނުންނާއި ބެލެހެއްޓުންތެރިކަމުގައި ހުންނަންޖެހޭ އަދަބުތައްވެސް އެފޮތުގައި ހިމެނިފައިވާ ކަމަށެވެ.

މީގެއިތުރުން ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ ޓޯނީ ބްލެއަރ ގެ ފަހަރި ދައްތަ އަދި މަޝްހޫރު ޖަރނަލިސްޓް ލައުރެން ބޫތް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ މެދު ތެރޭގައި އިސްލާމްވެފައެވެ.

ދުނިޔޭގެ ކަންކަން އަންނަނީ ބަދަލުވަމުންނެވެ. އިއްޔެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކޮށް އެތައް މުސްލިމުންނެއް މެރި އެތައް ގިނަ ބަޔަކު ވަނީ ފަހުން އިސްލާމްވެދީނަށް ނުހަނު ގިނަ ހިދްމަތްތަކެއް އަދާކޮށްދީފައެވެ. ތާރީޚްގެ ފަތްފުއްތައް އުކާލެވޭހިނދު މިފަދަ މަންޒަރުތައް ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދެއެވެ.

މާތް ﷲ ، ޓޯނީ ބްލެއަރ އަށް ހިދާޔަތް ދެއްވާންދޭށިއެވެ. އަދި އިސްލާމީ އުންމަތުގެ އެންމެހާ އަފްރާދުންގެ ހިތްތަކުގައި ޤުރުއާނާ މެދު އޮތް ޝައުގު ވެރިކަން އިތުރުކޮށްދެއްވާށިއެވެ.

ކޮންމެ އަކަސް ޓޯނީ ބްލެއަރ މިހާރު އެގެންދަނީ ކީރިތި ޤުރުއާން ކިޔަވާ އެފޮތުގައި މާތް ﷲ ބާވާލައްވާފައިވާ ވާހަކަތަކާއި ކަންތައްތައް ހޯދާ ބަލަމުންނެވެ. އޭ ލޯބިވާ އަޚާއެވެ. ތިބާ އެފޮތް ހުޅުވާލާނީ ކޮންއިރަކުތޯއެވެ.

ޓެގް

އިނގިރޭސި ބްލެއާރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.