ޔޫރަޕު

ސިޑްނީގެ މަގުތަކުގައިވާ 'އިސްލާމީ' ބިލްބޯޑް ހަލާކު ކޮށްލައިފި

ލިޔުނީ: އައިޝާ ޝަހޫ

ސިޑްނީގެ މަގުތަކުގައިވާ 'އިސްލާމީ' ބިލްބޯޑް ހަލާކު ކޮށްލައިފިއެވެ.

ދާދިފަހުން ސިޑްނީގެ މަގުމަތީ އިސްލާމް ދީނާއި ބެހޭ މައުލޫމާތު ހިމެނޭ ބިލްބޯޑް ހަލާކު ކޮށްފައިވަނީ ބައެއް ފަރާތްތަކުން ތަފާތު އިންޒާރުތައް ދިނުމަށްފަހުގައެވެ. އިސްލާމީ ގުރޫޕެއް ކަމުގައިވާ 'މައިޕީސް' އިން ޚަރަދު ކޮށްގެން ހަރުކޮށްފައިވާ މިބިލްބޯޑްގައި 'ޖީސަސް؛ އަ ޕްރޮފެޓް އޮފް އިސްލާމް' ޖަހާފައިވާއިރު އެބިޔަ ބޯޑުތަކުގައި އިސްލާމް ދީނާއި ބެހޭ މައުލޫމާތު ހޯދުމަށް ގުޅާނޭ ނަންބަރެއްވެސް ލިޔެފައިވެއެވެ. މިދިޔަ މަހުގެ ފަހުކޮޅު ހަރުކޮށްފައިވާ މިބޯޑް ހަލާކު ކޮށްލާފައިވާއިރު އެކެމްޕޭން ކުރިއަށް ގެންދާ ޖަމާއަތުގެ ފަރާތުން ހާމަކޮށްފައިވަނީ ހަލާކުކޮށްލާފައިވާ ބިލްބޯޑްގެ ބަދަލުގައި އެހެންބޯޑެއް ވަރަށް އަވަހަށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ސިޑްނީގެ މަގުތަކުގައި 'އިސްލާމީ' ބިލްބޯޑު ހަރުކުރުމުގެ ކެމްޕޭން އިސްލާމީ ޖަމާއަތްތަކުން ވަނީ ފަށާފައެވެ. އެފަރާތްތަކުން ބުނާގޮތުގައި އެހަރަކާތަކީ އިސްލާމް ދީނާއި މެދު އެޤައުމުގެ ރައްޔިތުން ދެކޭ ގޯސްގޮތް ސާފުކޮށްދިނުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. މިކަމަށް ތަރުހީބު ލިބެމުންދާއިރު ބައެއް ފަރާތްތަކުގެ ނުރުހުންވެސް މިކަމަށް ދަނީ އަމާޒުވަމުންނެވެ. ނުރުހޭ މީހުންގެ ނަޒަރުގައި 'އިސްލާމީ' ބޯޑުތައް މަގުތަކުގައި ހަރުކުރެވިގެންނުވާނެއެވެ. އެހެނަސް އެކަމަށް ތާއީދު ކުރާ މީހުން ބުނާގޮތުން 'އޮރިޔާން' ފޮޓޯ މަގުތަކުގައި ހަރުކުރެވޭ އިރު މިފަދަ ބަސްތަކެއް ހަރުނުކުރެވޭންވީ ސަބަބެއް ނެތް ކަމަށެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ކިތަންމެ ވަރަކަށް ނުރުހުނަސް މި ދީން ފެތުރޭނެ އިންޝާﷲ!!!

  2. ޝަމްއޫން އެބުނީހަމަ ތެދެއް، އެކަމެއް ނުހުއްޓުވޭނެ،

  3. ފުށިފަރު އެބުނީހަމަ ތެދެއް، އެކަންދާނީ ހަމަ ކުރިއަރަމުން.

  4. އަލީގެ ވާހަކައަށް ތާއީދު

Your email address will not be published. Required fields are marked *

More in ޔޫރަޕު