ރިޕޯޓްއަރަބިދުނިޔެ

އައްނަކްބާގެ ހަނދާނުގައި؛ 72 އަހަރު ފަހުން އަނބުރާ އާދެވުނު އިރު ވަޠަނާއި އަދި އަމިއްލަ ގެވެސް ޔަހޫދީންގެ އަތްދަށުގައި

ފަލަސްޠީނުގެ އަހްލުވެރިންނަށް އައްނަކްބާއަކީ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާ މުޞީބާތެކެވެ. 1948 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އިސްރާއީލުގެ ދައުލަތް ފަލަސްޠީނުގެ ބިމުގވައި ރަސްމީކޮށް އިއުލާން ކުރެވުމުން ފެށުނު ހަނގުރާމައިގައި 750000 ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ގެދޮރު ދޫކޮށް، ސަލާމަތްތެރިކަން ހޯދަން މަޖުބޫރުވިއެވެ. އެއަށްފަހު 1967 ވަނަ އަހަރު އިސްރާއީލުން އިސްތިޢުމާރު ކޮށްފައިވާ ބިންތަކުގެ ސަބަބުން އިތުރު 280000 އާއި 325000 ރައްޔިތުން ގެދޮރުދޫކޮށް ދާންޖެހުނެވެ.

އައްނަކްބާގެ ނަމުގައި ފަލަސްޠީން، އަދި އިސްލާމީ އުއްމަތް ފާހަގަ ކުރާ ދުވަހަކީ މިއެވެ. އައްނަކްބާގެ ދުވަހުންއިން ރަމްޒުކޮށްދެނީ ފަލަސްޠީނުގެ ރައްޔިތުންގެ ބިމާއި ގެދޮރު އެބައިމީހުންނަށް ގެއްލި، އިސްތިޢުމާރީންނަށް ބިން މިލްކުވި ހިސާބެވެ. ފަލަސްޠީނުގެ 400 ރަށް އެއްކޮށް ހަލާކޮކޮށްލެވުނު، އަދި އެރަށުގެ ރައްޔިތުން ނެރެލެވުނު ނެރެލެވުމެވެ. އަދި އެބައިމީހުން، އެބައިމީހުންގެ ބިމަށް، އެބައިމީހުންގެ ގެދޮރަށް، އެނބުރި އައުމަށް ކުރެވޭ އުއްމީދުތަކެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ނަޖްވާން ސިމްރީ، އައްނަކްބާގެ ހަނދާނުގައި ފަލަސްޠީނުގެ މުސްކުޅި ދެމަފިރިން ކަމަށްވާ އުއްމު ސަމީރާއާއި އަބޫ ސަމީރާއި ބައްދަލުކުރެއްވިއެވެ. އެދެމަފިރިންގެ ގެ ކުރީގެ އަވަށްކަމަށްވާ އިޖްޒިމް އަވަށަށް ޒިޔާރަތް ކުރުމަށެވެ. ބަލި ޙާލާއި އެކުވެސް އަބޫ ސަމީރު ދަތުރަށް ފެށީ ފަރުވާ ވަނީ އިޖްޒިމްގެ ވައިގައި ކަމުގައި ވިދާޅުވަމުންނެވެ.

އަބޫ ސަމީރު، ނަކްބާގެ ކުރިން ދިރިއުޅެމުން ދިޔަ ގެކައިރިއަށް މަޑުކޮށްލިތާ އިރުކޮޅެއްތެރޭ އެގޭގައި ދިރިއުޅެމުންދާ ޔަހޫދީ ދަމަފިރިން ނިކުމެ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރިއެވެ. ޖަވާބުގައި އަލްޖަޒީރާގެ ރިޕޯޓަރު، އަބޫ ސަމީރާއި އުއްމު ސަމީރު ތަޢާރަފުކޮށްދީ، ވީރާނަކޮށް ހަލާކުކޮށްލެވިފައިވާ އެހެންބައެއްގެ ގެދޮރުގެ މަތީ ގެދޮރުއަޅާ، ދިރިއުޅުން ބިނާކޮށް ދިރިއުޅުމާއި މެދު އެދެމީހުންގެ އިޙްސާސްތައް އެއްސެވިއެވެ.

"ޙަޤީޤަތުގައި އަހަރެމެން އެއްވެސް އެއްޗެކޭ ހިތަކަށް ނާރާ. އަހަރެމެން މިދިރިއުޅެނީ ވަރަށް އުފަލުގައި. މިތާ އުޅެން ވަރަށް ހިތްހަމަޖެހޭ" އެދެމީހުން ޖަވާބުގައި ބުންޏެވެ.

އަލްޖަޒީރާއިން މިޚަބަރު ތައްޔާރުކުރުމުގެ ތެރޭގައި، އިޖްޒިމްގެ ކުރީގެ އެހެން އަހްލުވެރިން ގާތުވެސްވަނީ އަނބުރާ އިޖްޒިމަށް، އެބައިމީހުންގެ ގެދޮރުގެ ޙާލަތު މިހާރު ހުރި ގޮތް ބަލާލުމަށް ދާން އެދިފައެވެ. އެހެނަސް އެއެއްމެންވެސްވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އެތަނުން އެކަކު ބުނުފައިވަނީ ތިމަންނާގެ މައިންބަފައިންގެ ގޭގައި، ބީރައްޓެހި، ނުދަންނަ މީހަކު ދިރިއުޅޭތަން ބަލަންދިޔުމަކީ މުސްތަޙީލު ކަމެއްކަމަށެވެ.

އިޖްޒިމް އަވަށަށް މިހާރު ބަލާލައިފިނަމަ، މަޑުމަޑުން އަވަށުގެ އިސްލާމީ ޢަޘަރުތައް ފިލުވަން މަސައްކަތްކުރާ ތަން ފެނިގެންދެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ގެތައް ބިމާއި ހަމަ ކުރެވުމަށްފަހު، ޔަހޫދީންގެ ގެތައް އޭގެ މަތީގައި އެޅުނެވެ. ރަށުގެ ބޮޑު މިސްކިތް ވަނީ ވީރާނާވާން ދޫކުރެވިފައެވެ. ސްކޫލެއް ތަޅާލެވި ކަނީސާއަކަށް ހެދިފައިވާއިރު ރަށުގެ ޤަބުރުސްތާނުވަނީ ޢާއްމުންގެ ޕާކަކަށް ހެދިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް