ސަޢޫދީ އަރަބިއްޔާގެ މުފްތީ ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚް އަވަހާރަވެއްޖެ

ސަޢޫދީ އަރަބިއްޔާގެ މުފްތީ ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚް އަވަހާރަވެއްޖެ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ސަޢޫދީ އަރަބިއްޔާގެ މުފްތީ އަދި ސީނިއަރ ސްކޮލަރުންގެ މަޖިލީހުގެ ރައީސް ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚް، މިއަދު އަންގާރަ ދުވަހުގެ ހެނދުނު ރިޔާދުގައި އަވަހާރަވެއްޖެއެވެ.

އަވަހާރަވީއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 82 އަހަރެވެ.

ސަޢުދީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެމަނިކުފާނުގެ ޖަނާޒާގެ ނަމާދު މިއަދު އަސުރު ނަމާދަށްފަހު ރިޔާދުގެ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައި ކުރެވޭނެއެވެ. އަދި ދެ ޙަރަމްގެ ޚާދިމް، ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އަމުރުފުޅަށް، މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީ އަދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބް ޖަނާޒާ ކުރެވޭނެއެވެ.

ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚަކީ 1943 ވަނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު މައްކާގައި އުފަންވެވަޑައިގެން، ޅަފަތުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި ބޭކަލެކެވެ. އެމަނިކުފާނުގެ އުމުރުފުޅުން 17 އަހަރުގައި ލޯފުޅު ގެއްލިވަޑައިގަތް ނަމަވެސް، 1961 ގައި ރިޔާދުގެ އިމާމް މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވަރސިޓީގެ ޝަރީޢާ ކޮލެޖުގައި ކިޔަވާވިދާޅުވެ، 1965 ގައި އަރަބި ބަހާއި އިސްލާމީ ޝަރީޢާގެ ދާއިރާއިން ގްރެޖުއޭޓްވެވަޑައިގަތެވެ.

"ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚްގެ އަވަހާރަވުމާއެކު، ސަޢޫދީ އަރަބިއްޔާ އަދި އިސްލާމީ ދުނިޔެއަށް އިސްލާމްދީނާއި މުސްލިމުންގެ ޚިދުމަތުގައި ފާހަގަކޮށްލެވޭ ޙިއްސާއެއް ކުރެއްވި ޢިލްމުވެރިއެއް ގެއްލިއްޖެ،" ރޯޔަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

1999 ވަނަ އަހަރުގެ ޖޫންމަހު ރަސްގެފާނު ފަހުދު އެމަނިކުފާނު ސަޢޫދީ އަރަބިއްޔާގެ މުފްތީކަމަށް އިސްކުރެއްވީ ޝައިޚް އަބްދުލްއަޒީޒް އިބްނު ބާޒްގެ ފަހުގައެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ޢިލްމީ ދިރާސާތަކާއި ފަތުވާގެ އާންމު ރިޔާސަތުގެ ވެރިޔަކަށާއި މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.