ބޯގަންވިލާ (ތިންވަނަބައި)

ބޯގަންވިލާ (ތިންވަނަބައި)
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ސައިކަލް ނެރެ ސްޓާޓް ކުރަން އުޅެ އުޅެ ލަމްޔާއަށް އެކަން ވާގޮތެއް  ނުވިއެވެ. ކުރީ ދެ ދުވަހު ވެސް ސައިކަލަށް ނާރާތީކަމަށް ވެދާނެއޭ ލަމްޔާ ހިތަށް އެރިއެވެ. ގަޑިވެސް ޖެހޭތީ ސައިކަލް ސްޓާޓް ކުރެވޭތޯ ހިތްވަރު ކުރަމުން ދިޔައީ އިރުއިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަލަމުންނެވެ.

އެވަގުތަކީ ފަރުހާން ގެއަށް އައިވަގުތެވެ.

ލަމްޔާ ސައިކަލް ސްޓާޓް ނުކުރެވިގެން އުޅޭ އަޑަށް ލަމްޔާގެ ބައްޕަ ވެސް ގޭތެރެއިން ނިކުތް ވަގުތެވެ. ފަރުހާން ސައިކަލް މަޑުކޮށްގެން ބަލަން ހުރީ އެހީއެއް ބޭނުންހޭ އަހާފަދަ ނަޒަރަކުންނެވެ. އެކަމަކު ލަމްޔާ ބަލާވެސް ނުލާ ލަމްޔާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އެންމެ ފަހުން ނުހުރެވިގެން ފަރުހާން އައީ ރަޝީދު ފަރުހާންއަށް ގޮވަން ތައްޔާރުވި ވަގުތުއެވެ.

'' މޭ އައި! ''

ފަރުހާން ސައިކަލުގެ މުށްގަނޑުގައި ހިފަމުން ކައިރިއަށް ޖެހިލީމައި ލަމްޔާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ޕްލަގުގެ މައްސަލަ ޖެހިފައި ހުރުމުން ސައިކަލް ސްޓާޓްވާގޮތެއް ނުވިއެވެ. ފަރުހާން އެހެން ބުނުމުން ލަމްޔާ ހާސްވެގެން ނިތުގައި ހިފާލަމުން ވާހަކަ ދެއްކީ އަމިއްލަ ނަފުސާއެވެ.

'' އަޅޭ ! ހާދަ ދެރައޭ! އެއޮތް ގަޑި ޖެހެނީ ! ކިހިނެތް ދެން ހަދާނީ ވެސް !'' އެ އަޑު އެހީ ފަރުހާންއެވެ.

ލަމްޔާގެ ހާސްކަން ފެނުމުން ފަރުހާން ހިނިވެސް އައެވެ.

'' އެހެރަ ކަހަލަ ސައިކަލް ދުއްވަންތަ ! '' ފަރުހާން އިޝާރާތް ކުރީ ދެންމެ އޭނާ އައިސް މަޑުކުރި ރަތްކުލައިގެ ސައިކަލަށެވެ . ލަމްޔާއަށް އެދިމާއަށް ބަލާލެވުނީ ޙައިރާން ވެފައި ހުރެއެވެ.

'' ބޭނުމިއްޔާ އެ އިން ދެވިދާނެ ! '' ފަރުހާން ޖެހިލުމެއް ނެތި ބުންޏެވެ.

'' އޭރުންނޯ! '' ލަމްޔާ ކުރިއަށްވުރެންވެސް ބޮޑަށް ކަންބޮޑުވެފައިވާ އަޑަކުން ދޭހަ ނުވި ރާގަކަށް ބުންޏެވެ.

'' ސްކޫލަކަށްނު ތި ދަނީ ! އަހަރެން ދާންޖެހޭ ތަނެއް ނެތް . އެހެންވީމަ ...... ދާންވީނު ! '' ފަރުހާންގެ އަޑުއިވުމުން ލަމްޔާ ބަލައިލީ ބައްޕަގެ މޫނަށެވެ. ރަޝީދު މަޑުމަޑުން އޯކޭ ކަމަށް ބޮލުން އިޝާރާތް ކޮށްލިއެވެ. މި ދެބަފައިންގެ އިޝާރާތުގެ ބަސްމޮށުން ބަލަން ހުރި ފަރުހާން ގޮސް ސައިކަލް ގެނެސް ، ލަމްޔާއާ ތަޅުދަނޑި ހަވާލުކުރަމުން އަމިއްލައަށް ތަޢާރަފު ވެލިއެވެ.

'' މީ ފަރުހާން! ''

ލަމްޔާ ހުރީ  މާ ބޮޑަށްވެސް ލަސްވެފައެވެ. ފަރުހާން ބުނި އެއްޗެއް އަޑުއިވުނު ހެނެއް ވެސް ހިއެއް ނުވެއެވެ. ތަޅުދަނޑިއަތުލައިގެން އަވަސްއަވަހަށް ސައިކަލަށް އަރައި ދުއްވައިލީއެވެ. ލަމްޔާ ލޯމަތިން ގެއްލެންދެން ވެސް ފަރުހާން ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު ދެއަތަކަށް ބޯހޫރާލުމަށްފަހު ކުޑަކޮށް ހީނލަމުން ރަޝީދުއަށް ބަލާލާފައި ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ލަމްޔާއަށް ސައިން އިންވެވުނުއިރު ގަޑިޖެހި ދިހަވަރަކަށް މިނިޓް ހިނގައިފިއެވެ. ސްޓާފްރޫމް ތެރޭ ތިބި ބައެއް ޓީޗަރުން ލަމްޔާއާ ދިމާ ކުރަމުން މިއަދު އިރު އެރީ ކޮން ފަރާތަކުންތޯ ވެސް އެހިއެވެ. އެންމެނަށްވުރެ ކުރިން ސްކޫލަށް އަންނަ މީހަކު މިއަދު ގަޑި ޖެހުނު ސަބަބު އޮޅުން ފިލުވަން އެކި މީހުން އެކި ޒާތުގެ ސުވާލު ކުރިއެވެ. އެއިން އެއްވެސް ސުވާލެއްގެ ޖަވާބު ދޭކ%

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.