ބޭނުންވާނެ ތަކެތި
- 500ގ ކުކުޅު މަސް (ކުދިކޮށް ކޮށާފައި)
- 1 ކުކުޅު ބިސް
- އަސޭމިރުސް
- 1 މޭޒުމަތީ ސަމްސާ ޒުވާރިފުށް
- ކުޑަ ލޮނުކޮޅެއް
ސްޓަޔަރ ފްރައިކުރުމަށް
- 3 ބެލްޕެޕަރ (ދިގުކޮށް ހިމަކޮށް ކޮށާފައި. ބޭނުންނަމަ ތިން ކުލައިންވެސް ބެލްޕެޕަރ ބޭނުންކުރެވިދާނެ)
- 1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
- 3 ހިކިމިރުސް (ބޮޑެތިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމްސާ ސީސަމީ އޮއިލް
- 3 މޭޒުމަތީ ސަމްސާ ލައިޓް ސޯޔާސޯސް
- 3 މޭޒުމަތީ ސަމްސާގެ ޗިކަން ސްޓޮކް
- 4 މޭޒުމަތީ ސަމްސާގެ ކެޝޫނަޓް (ރޯސްޓް ކޮށްފައި)
- ލޮނު އަދި މުގުރި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް
ކުކުޅު މެރިނޭޓްކުރުމަށް އޭގެ ތެރެއަށް ކުޑަ ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އެޅުމަށްފަހު، ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތައްޓެއްގެ ތެރެއަށް ބިހާއި ޒުވާރިފުށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެއިގެ ތެރެއަށް މެރިނޭޓްކުރި ކުކުޅު ކިއުބުތައް އަޅައި ރަނގަޅަށް ޒުވާރިފުށް ހާކާލުމަށްފަހު މުރަނަކޮށް ކުކުޅުކޮޅު ތެލުލާށެވެ.
ކުކުޅު ތެލުލި ތަވާގައި ކުޑަ ތެޔޮކޮޅެއް ހޫނުކުރުމަށްފަހުު ފިޔާ، ހިކިމިރުސް އަދި ބެލްޕެޕަރ އެކުގައި ހަނާކުރުމަށްފަހު އޭގެ ތެރެއަށް، ތެލުލި ކުކުޅާއި ސޯޔާސޯސް، ޗިކަން ސްޓޮކް އަދި ސީސަމީ އޮއިލް އެޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު ކެޝޫނަޓާއި ރަހަ ހެޔޮވަރު ކުރުމަށް ލޮނާއި އަސޭމިރުސްއަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ޚިޔާލު