ރޮހިންގްޔާ 500 އެއްހާ މުސްލިމުން ފަތާފަ މެލޭޝިޔާއަށް ކަމަށް މެލޭޝިޔާގެ ފުލުހުން މަޢުލޫމާތު ދީފިއެވެ.
މިމީހުން މެލޭޝިޔާއަށް ދާން ފުރީ ބޯޓެއްގައި ކަމަށާއި އަދި 15 ދުވަހު ދުއްވުމަށް ފަހު 500 މީޓަރ ކައިރިވުމުން ދެން ކަނޑަށް ފުއްމަލައިގެން ފެތީ ކަމަށް ޚަބަރު ލިބެއެވެ. މިކަން ކޮށްފައި ވަނީ ޤަވައިދާ ހިލާފަށްކަމަށް ފުލުހުން ބުންޏެވެ. 500 މީހުންގެ ތެރެއިން 482 މީހުން ސަލަމާތުން ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިމިކަމަށާއި އަދި ބަކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން މިޑިޔާއަށް މަޢުލޫމާތު ދިނެވެ. އަދި މިމީހުން ދުއްވަމުން ދިޔަ 30 ފޫޓްގެ ބޯޓާއި ބޯޓު ދުއްވި ކެޕްޓަން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެން ގޮސްފައެވެ.
މެލޭޝިޔާގެ ސަރުކާރުން ހާމަ ކުރިގޮތުގައި މިއީ މިހާތަނަށް އެންމެ ގިނަ ރޮހިންގްޔާ މުސްލިމުން އެމީހުންގެ ރަށުގައި ބުޑިސްޓުން ދޭއަނިޔާތަކަށް ކެތް ނުކުރެވިގެން ހިޖްރަ ކުރި ފުރަތަމަ ފަހަރެވެ. އަދި މިގުރޫޕްގެ ބައެއް މީހުން މެލޭޝިޔާގެ އިރުން ހުޅަނގުގައި ވާ ލަންގަކަވި ރަށުގައި ވެދާނެކަމަށް ފުލުހުން ހާމަ ކުރިއެވެ. އަދި މި ގުރޫޕުން މައުލޫމަތު ދިން ގޮތުގައި މިމީހުން އަތުން ކޮންމެ މީހަކަށް އެޖެންޓަކު 300 ޑޮލަރު މިދަތުރަށް ނަގައިފައި ވާކަމަށާއި އަދި މިކަމާއި ގުޅޭ ގޮތުން މިހާރު ބޯޓު ދުއްވި ކެޕްޓަނާއި ސުވާލު ކުރަމުން ދާކަމަށެވެ.
ލަންގަކަވިގެ ޕޮލީސް ޗީފް ހަރިތް ކަމް އަބްދުﷲ ވަނީ ބޯޓު ކެޕްޓަން ހައްޔަރު ކުރިކަން ކަށަވަރު ކޮށް ދީފައެވެ. ނަމަވެސް އެޖެންޓަކު ފައިސާ ނެގި ވާހަކަ ހާމަ އެއް ނުކުރެއެވެ. އަދި މި ގުރޫޕްގެ ބައެއް މީހުންގެ ހާލު ދެރަކަމުން ވަނީ ހޮސްޕިޓަލަށް ގެންދެވިފަކަމަށާއި އަދި އެހެން މީހުންނަށް ބޭނުން ވާ އެހީ ތެރިކަމާއި މަދަދުން ދެވުމުން ދާކަމަށް ހަބަރުތަށް ބުނެއެވެ. މި ގުރޫޕުން މަރުވި މީހާ މަރުވެފައި ވަނީ ބޯޓުން ފުއްމަލި ވަގުތު ބުރަފަތީގައި ޖެހިގެން ކަމަށާއި އަދި މިހާރު އޭނާގެ ހަށިގަނޑު ލަންގަކަވިގެ މުސްލިމުންގެ ސަހަރާގައި ވަޅުލެވިފައި ވާކަމަށް ފުލުހުން ހާމަ ކުރިއެވެ.
މިއައްމާރގެ ބުޑިސްޓުން ދަނީ އެޤައުމުގެ މުސްލިމުންނަށް އަނިޔާކޮށް މަރަމުންނެވެ. އެގޮތުން މިހާތަނަށް 115،000 މުސްލިމުން އެމީހުން މަރަފައިވެއެވެ. އަދި ހާހަށް ވުރެއް ގިނަ މީހުން ވަނީ މެލޭޝިޔާގައި ރެފިއުޖީންގެ ގޮތުގައި ހިޖްރަ ކޮށްފައެވެ. އަދި 23 ހާސް މީހުން ވަނީ އ. ދ ގެ ރެފުޖީ ކޭންޕްތަކުގައެވެ. މެލޭޝިޔާގެ މެރިޓައިމް އެޖެންސީއިން ހާމަ ކުރިގޮތުގައި 40 ބޯޓު ފުރާ މީހުން މިދިޔަ މަސް ތެރޭގައި ވަނީ ކަނޑުމަތިން ހާލުގައި ޖެހިގެން ސަލާމަތް ކޮށްފައެވެ. އަދި މިއީ ރޮހިންގޮޔާ މުސްލިމުން ކަމަށް ބެލެވޭކަމަށާއި އެމީހުން ސިންގަޕޫރަށް އަރަން އުޅުމުން އެކަން މަނާކޮށްފައި ވާކަމަށް އެމީހުން ބުނިކަމަށެވެ.

















advertisment
ޚިޔާލު