މެލޭޝިއާ އިން މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމައިފި

މެލޭޝިއާ އިން މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ކޮވިޑް-19 ގެ ބިރަށްޓަކައި މެލޭޝިއާ އިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޤައުމުގެ ޕްރައިމިނިސްޓަރު އޮފީހުގެ މިނިސްޓަރު ޑރ. ޒުލްކިފީ މުޙައްމަދު އަލް- ބަކްރީ އާއި ހަވާލާދީ އެ ޤައުމުގެ ދަ މެލޭޝިޔަން ރިޒާވް.ކޮމް ނޫހުގައި ބުނެފައި ވަނީ އެ ނިންމުން ނިންމާފައި ވަނީ މެލޭޝިޔާގެ ހެލްތު މިނިސްޓްރީއާއި، އެ ޤައުމުގެ ނޭޝަނަލް ކައުންސިލް އޮފް އިސްލާމިކް އެފެއަރޒްއާއި އެނޫންވެސް ކަމާއި ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ޖޫން މަހުގެ 9 ވަނަ ދުވަހު ބޭއްވުނު ބައްދަލު ވުމަކަށް ފަހުގައި ކަމަށެވެ.

1441 ވަނަ އަހަރު މުސްލިމުންގެ މަތިވެރި ހައްޖުގެ އަޅުކަން އަދާކުރަން ނުފޮނުވަން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށް ޤަބޫލު ކުރަށްވާ ކަމަށްވެސް އޭނާވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލިން ރައްކާތެރި ވުމަށް މިހާތަނަށް ވެކްސިނެއްވެސް ހޯދިފައި ނުވާކަންވެސް ފާހަގަ ކުރަށްވާފައެވެ.

ހައްޖަށް މީހުން ނުފޮނުވާނޭކަން މެލޭޝިޔާއިން ހާމަކުރިއިރު، މެލޭޝިޔާއާ އަވަށްޓެރި އަދި ދުނިޔޭގެ މުސްލިމުންގެ އެންމެ ބައިބޯ ގައުމު ކަމަށްވާ އިންޑޮނޭޝިޔާއިންވެސް ވަނީ މިއަހަރު ހައްޖަށް މީހުން ނުފޮނުވާނޭ ކަމަށް ބުނެފައެވެ. ވެރިރަށް ޖަކާޓާގައި މިދިޔަ ހަފްތާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިންޑޮނޭޝިޔާ ސަރުކާރުގެ ރިލިޖަސް އެފެއަރޒް މިނިސްޓަރ ފަޟުލުއް ރާޒީ ވިދާޅުވީ، ބަލިމަޑު ހާލަތާ ގުޅިގެން މިއަހަރު ހައްޖަށް މީހުން ނުފޮނުވާން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން، އިންޑިއާ ސަރުކާރުގެ ހައްޖު ކޮމިޓީން ބުނެފައިވަނީ، ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން، ބަލިމަޑު ހާލަތާ ގުޅިގެން ދަތުރު ކެންސަލްކުރަން ބޭނުންވާ ފަރާތްތަކުން ދައްކާފައިވާ %100 ފައިސާ އަނބުރާދޭން ނިންމާފައިވާ ކަމަށެވެ.

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ބަލިމަޑު ހާލަތުގައި ހައްޖުގެ އަޅުކަމާއިގެން ކުރިއަށްދާނެތޯ ނުވަތަ ނޫންތޯއާމެދު ސައުދީ ސަރުކާރުން އަދިވެސް ރަސްމީގޮތުން ގޮތެއް ނިންމާފައި ނުވާއިރު، އެގައުމުން އިސްލާމީ ގައުމުތަކަށް ގޮވާލާފައިވަނީ ހައްޖަށް ދިއުމުގެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ދިމާވަނީ ކުރިއަށްއޮތް ޖުލައިމަހުގެ ފަހުކޮޅާއެވެ.

ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ މުހަންމަދު ބިން ސާލިހް ބިން ތާހިރު ބެންޠެން ވިދާޅުވެފައިވަނީ، ހައްޖުވެރިންނަށް ޚިދުމަތްދޭން ސައުދީ އަރަބިއްޔާއޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

އެހެން ނަމަވެސް، މުޅި ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މިހާލަތުގައި ސައުދީ ސަރުކާރުން އެންމެބޮޑު އިސްކަމެއްދެނީ މުސްލިމުންނާއި، ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ކަމަށް ހައްޖު މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

އެންމެފަހުން މައުލޫމާތު ލިބިފައިވާގޮތުގައި، ސިއްހީ ރައްކާތެރިކަމަށް ވަރަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅައިގެން އަދި މަދު އަދަދެއްގެ މީހުން ބައިވެރިކޮށްގެން ހައްޖުގެ އަޅުކަމާއިގެން ކުރިއަށް ގެންދިއުމާމެދު ސައުދީ ސަރުކާރުން މިހާރުދަނީ ވިސްނުންތައް ވިސްނައި މަޝްވަރާތައް ކުރަމުންނެވެ.

ހައްޖުގެ އަޅުކަމަށް ދިއުމަށް ސައުދީ އަރަބިއްޔާގެ އެތެރެއިން މިހާރު ނަން ނޯޓުކުރުން ކުރިއަށްދާ ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ސައުދީ ސަރުކާރުންވަނީ ދޮގުކޮށްފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.