އިންޑިޔާގައި ހައްޔަރު ކުރެވުނު މުސްލިމު ޑޮކްޓަރަށް ޖަލުގައި ތަޅާ އަނިޔާކުރެވިފައިވޭ: އަލްޖަޒީރާ

Indiaga Hayyaru Kurevunu Muslim Doctorah Jaluga Thalhaa Aniya Kurevifavey: AlJazeera
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

މުސްލިމުންނާއި މެދު ގެންގުޅޭވޭ ތަފާތުކުރުންތަކާއި އިދިކޮޅަށް އަޑުއުފުއްލެވުމުން އިންޑިޔާގައި ހައްޔަރު ކުރެވުނު މުސްލިމު ޑޮކްޓަރަށް ޖަލުގައި އަނިޔާކުރެވުނުކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފިއެވެ.

މިސްޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އަލްޖަޒީރާ ނޫހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އިންޑިޔާގެ މުސްލިމް ޑޮކްޓަރެއްކަމަށްވާ ޑރ ކަފީލު ޚާނު ޖަލުން ދޫކޮށްލެވިފައިވަނީ، އޭނާ ޤާނޫނާއި ޚިލާފަށް ހައްޔަރުކުރެވުނުތާ 7 މަހަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ޑރ ކަފީލު ޚާނު ހައްޔަރު ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު އޭނާ ދެއްވި ޚިޠާބަކާއި ވިދިގެން، އެޚިޠާބަކީ ބައިބައިވުން އުފައްދާފަދަ ޚިޠާބެއްކަމަށް އުއްތަރު ޕްރަދޭޝްގެ ވެރިން ނިންމުމާއި ވިދިގެންނެވެ. އުއްތަރު ޕްރަދޭޝްގައި މިހާރު ވެރިކަން ކުރަމުންދަނީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯޑީގެ ޕާޓީކަމަށްވާ ބީޖޭޕީ ޕާޓީއިންނެވެ. މިޚިޠާބާއި ވިދިގެން، ޑރ ކަފީލަށް ޤައުމީ ސަލާމަތުގެ ޤާނޫނުގެ ދަށުން ހައްޔަރުކުރެވުނެވެ. މިޤާނޫނު ބުނާ ގޮތުގައި ޙުކުމްކުރުމަކާއި ނުލާ އެއްއަހަރުގެ މުއްދަތަކަށް ޤައިދީން ހައްޔަރުކޮށްފައި ބެހެއްޓުމުގެ ހުއްދަ ސަރުކާރަށް ލިބިގެންވެއެވެ.

ޑރ ކަފީލު ދެއްވި ޚިޠާބުގައި ވާހަކަފުޅު ދައްކަވާފައިވަނީ ކާބޯތަކެތި ނުލިބުމުގެ މައްސަލައާއި، ޞިއްޙީ ޚިދުމަތްތައް ލިބުމުގައި ދިމާވާ ދަތިތަކުގެ ވާހަކައާއި، ވަޒީފާ ލިބުމުގައި ކުރިމަތިވާ ދަތިތަކުގެ މައްޗަށެވެ. އެހެނަސް އަލްޖަޒީރާއިން ވިދާޅުވާ ގޮތުގައި އިންޑިޔާ ސަރުކާރުގެ ރުޅިވެރިކަން އޭނާއަށް އަމާޒުވެފައިވަނީ، އޭނާ އިންޑިޔާގެ ސިޓިޒަންޝިޕް ޤާނޫނުގެ އިޞްލާޙަށް (ރަށްވެހިކަމުގެ ޤާނޫނަށް ގެނެވުނު އިޞްލާހަށް) ކިޔުއްވި ފާޑުތަކާއި ވިދިގެންނެވެ. މިޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން އަވައްޓެރި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މުސްލިމުންނަށް އެޤައުމުގެ ރަށްވެހިކަން ދިނުން ވަނީ މަނާކޮށްފައެވެ.

މިދިޔަ ޑިސްމްބަރު މަހު އިޞްލާޙުކޮށް ފާސްކުރެވުނު މިޤާނޫނުގެ ސަބަބުން މުޅި އިންޑިޔާގައި އެކަމާއި ވިދިގެން އިޙްތިޖާޖު ކުރެވުނެވެ. މިކަމާއި ގުޅިގެން އިންޑިޔާގައި، މުސްލިމުންނަށް ފާޅުގައި ފުރައްސާރަކުރާ އެޤައުމުގެ ޔޫޕީގެ ޗީފް މިނިސްޓަރ ޔޯގީ އަޑިތުޔާނަތު ވަނީ މިޤާނޫނާއި އިދިކޮޅަށް އުތުރުގެ ސްޓޭޓުގައި ކުރެވޭ އިޙްތިޖާޖުތަކަށް ހުރަސްއަޅާ، އެކަން މަނާކޮށްފައެވެ. މިކަމުގެ ތެރޭގައި، ފުލުހުން، މިއިޙްތިޖާޖުތައް ހުއްޓުވުމަށް ކުރިމަތިލީ ކުރިމަތިލުމުގައި 24 އަށްވުރެ ގިނަ މުސްލިމުން މަރުވެފައިވެއެވެ.

ޑރ ޚާން ވިދާޅުވާ ގޮތުގައި އޭނާ ހައްޔަރުކުރުމަށްފަހު ފުރަތަމަ 4 ނުވަތަ ފަސް ދުވަސް ވަންދެން އޭނާއަށް ކާން ނުދީ ބެހެއްޓިއެވެ. ހެދުން ބަދަލުކުރުމަށް، އަދި ދަތް އުނގުޅާ، ފެންވަރާ ހަދާލާނެ އެއްވެސް ފުރުޞަތެއް ނުލިބެއެވެ. ފާހާނާ ކުރަށް ދިޔުމަށް 30 މިނެޓުގެ ބޮޑު ކިޔުއެއް އޮވެއެވެ. އެބައިމީހުން ތިބީ 40 މީހުންނަށް ތައްޔާރު ކޮށްފައިވާ ތަނެއްގައެވެ. އެތާގައި 150 މީހުން ތިއްބެވެ.

ޑރ ވިދާޅުވާ ގޮތުގައި، ބަންދުގައި އޮންނެވިއިރު، ބަނޑުހައިހޫނުކަން ގަދަވުމުގެ ސަބަބުން، އޭނާ ހެދުމުގެ އަތުކުރިގައި ދަތް އަޅާ ހެއްދެވިއެވެ. "ވޭންގަދަވެގެން، ހުއި ލިބުނުނަމަ އެވެސް ކެއީމުސް" އޭނާ ވިދާޅުވިއެވެ.

Photo: AlJazeera

މީގެ ފަހުންވެސް، ލައިގެން ހުންނަ އަންނައުނު އަތުލާ، ތަޅާ، އަނިޔާކޮށް، އެތައް ދުވަހެއް ވަންދެން ކާބޯތަކެތިން މަޙްރޫމުކޮށްފައިވާކަމަށް ޑރ ވިދާޅުވެފައިވެއެވެ.

ޑރ ކަފީލު، މުސްލިމުންނާއި އަދި މުޖްތަމަޢިގެ ޙައްޤުގައި ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން، އޭނާގެ ޢާއިލާއަށްވެސް މިހާރު ފުރައްސާރަ ކުރެވެމުން އަންނަ ކަމަށް އަލްޖަޒީރާއިން ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން އޭނާގެ އަޚު، ޢަދީލު ޚާނުގެ ވިޔަފާރިއަށް ޓާގެޓު ޖެހިފައިވާއިރު، އޭނާގެ އަނެއް އަޚާވަނީ މީހަކު ބަޑިން ދިން ޙަމަލާއަކުން ސަލާމަތްވެފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.