އޭޝިއާ

11 ރޭ ވަންދެން ޔޫރޯ މުބާރާތުގެ މެޗުތަށް ބަލަން ހޭލާ އުޅުމުގެ ސަބަބުން މީހަކު މަރުވެއްޖެ.

ޗައިނާގެ ފުޓްބޯޅައަށް ލޯބި ކުރާމީހަކު 11 ރޭވަންދެން ނުނިދާ ޔޫރޯ 2012 މުބާރަތުގެ މެޗްތަށް ބެލުމަގައި ވަގުތު ހޭދަ ކުރުމުގެ ސަބަބުން މަރުވެއްޖެއެވެ.

 26 އަހަރުގެ ޖިޔާންގު ޒިޔޯޝާން 18 ޖޫންވަނަ ދުވަހުގެ ރޭ ރައްޓެހިންނާއި އެކީ އިޓަލީ އަދި އަޔަރލޭންޑްގެ މެޗު ބެލުމަށް ފަހު އޭނާގެ ގެއަށް ގޮސް ފެންވަރައިގެން ނިދީ ކަމަށާއި ނިދާ ނުހޭލުމުން ބެލިއިރު ވަނީ މަރުވެފައެވެ.   މަރުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އޭނާ ނުނިދާ ހުރުމާއި އަދި ގިނަ އަދަދެއްގެ ބަނގު ރާ އާއި ނިކޮޓިން ބޭނުންކޮށްފައި ހުރުމުން ކަމަށް ތަޙްޤީގު ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް އޭނާގެ ރައްޓެހިންނަށް ވަނީ ހައިރާންކަން ގެނެސްފައެވެ. އެމީހުން ބުނާ ގޮތުގައި އޭނާ އަކީ ވަރަށް ސިއްޙަތަށް ބަލައިގެން އުޅޭ މީހެކެވެ.

މިއީ މިފަދަ ހާދިސާ ހިންގާ ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ ފުޓްބޯޅަ މުބާރާތެއްގައި ވެސް ވަރަށް ގިނަ ހިތާމަ ހުރި ހާދިސާތަކާއި ކުރުމަތި ވެއެވެ. ޗައިނާގެ ވަގުތުގެ ތަފާތުކަމުން މިފަހަރުގެ ހުރިހާ ޔޫރަޕިޔަން މެޗްތަކެއް ވެސް ފެންނަނީ ރޭގަނޑު ދަންވަރުއެވެ،

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ