އޭޝިއާ

އިސްލާމްދީނަށް ލޯބިކުރާ ބައެއްގެ ސަބަބުން ލޭޑީ ގާގާގެ އިންޑޮނޭޝިއާ ދަތުރު ކެންސަލް

 ޖޫން މަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބޭއްވުމަށް ހަމަޖައްސާފައި އޮތް ލޭޑީ ގާގާގެ ކޮންސެޓް ބާއްވައިގެން ނުވާނެ ކަމަށް ބުނެ އިސްލާމް ދީނަށް ލޯބިކުރާ ބަޔަކު އަޑުއުފުލަން ފަށާފައިވަނިކޮށް އެޝޯ ކެންސަލްކޮށްފިއެވެ.

އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އިންޑޮނޭޝިއާގައި ޖޫން 3 ވަނަ ދުވަހު ޝޯއެއް ބާއްވަން ހަމަޖެހުމާއެކީ އިސްލާމްދީނަށް ލޯބިކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އިންޑޮނީޝީޔާގެ މަގުމަތީ ސިލްސިލާ މުޒާހަރާތަކެއްކޮށްފައެވެ. މިކަމުގައި އެންމެ އިސްކޮށް ބައިވެރިވަނީ އިސްލާމީ ޖަމައާތެއް ކަމުގައިވާ އިސްލާމިކް ޑިފެންޑާސް ފްރެންޑުންނެވެ. ލޭޑީ ގާގާ ޝޯ ބޭއްވުން ކެންސަލްކުރުމުން މިޖަމާއަތުން ވަނީ އެކަމަށް އުފާކޮށް އެތައްބަޔަކު ފާފަކުރުމުން ސަލާމަތްވީ ކަމުގައި ބުނެފައެވެ. މި ޖަމާއަތުނ ލޭޑީ ގާގާ ސިފަކުރަނީ "ޝައިތާނާގެ އައުވާނެއް" ގެ ގޮތުގައެވެ.

 ލޭޑީ ގާގާ އަކީ ލަވަކިއުމަށްވުރެ ބޮޑަށް އޭނާ އަޅާ އައުރަނިވާނުވާ ނިވާކަންކުޑަ ހެދުންތަކުން މަޝްހޫރުކަން ހޯދައިފައިވާ މީހެކެވެ. ޝޯ ކެންސަލްކުރަން ޖެހުމުން ލޭޑީ ގާގާގެ ޓްވިޓާގައި އޭނާ ބުނެފައިވަނީ އެކަމާ ވަރަށް ހިތާމަ ކުރާކަމަށެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގެ މުސްލިމުންގެ އެންމެ ބޮޑު އާބާދީ އޮންނަ ގައުމެވެ. ލޭޑީ ގާގާގެ ޝޯ ކެންސަލްކޮށްފައިވަނީ 50،000 އަށްވުރެގިނަ ޓިކެޓް ވިކިފައިވަނިކޮށެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ތިއީވެސް މިރާއޖޭގާ ނަމަ ބުނާނެ މިހާރު 200 ޓިކެޓް ވިކިއްޖެއޭ.ވީމާ ޝޯ ކެންސަލް ނުކުރެވޭނެޔޭ.

  2. ޕުލާސްޓިކު ބުދެއް ކަހަލަ މީހެއް ތި ގާގާ އަކީ. އަންހެނެއް ވައްތަރުޖަހާ އަންހެނެއްވެސް ނޫން އެއީ. ވަރައް ފޫހި.

  3. އިސްލާމްދީން ތަންފީޒުވާ މިންވަރު މިޤައުމުގައި ބަލަންވީ ނުންތޯ؟ ކޮންމުވާހަދާއެއްތިކިޔަނީ، އިސްލާމްދީން ތަންފީޒު ވެފައިވާނަމަ ހުންނާނީ ހުރިހާ މުއާހަދާ. ޢަކަށްވެސް އަމަލުކުރެވިފައި، ތިމުވާހަދާއަށް އަމަލުކުރެވޭ މިންވަރު ބަލަނީ ކާކަށް ދައްކަން، އިސްލާމް ދީން ތަންފީޒުކުރަނީ ﷲ ގެ ރުހުން ހޯދަން ދެދުނިޔޭގެ ބާއްޖަވެރިކަން ހާސިލް ކުރަން! ތިމަވާހަދާތަށް ތަންފީޒުވާ މިންވަރު ތިބަލަން އުޅެނީ ދޮންމީހުން ރުއްސަން ވެގެން ނުންތޯ؟

  4. މިއުޅޭ އެމްޑީޕީ މޮޔަކުދިންކޮޅުވެސް މިކަހަލަ ކަންކަމާ ދެކޮޅަށް މުޒާހަރާކުރާނަމަދޯ.

Your email address will not be published. Required fields are marked *

More in އޭޝިއާ