ސްރީލަންކާގެ ކުރީގެ އާމީ ޗީފް ސަރަތު ފޮންސޭކާ ދެ އަހަރަށް ފަހު ޖަލުން މިނިވަންކޮށްފި އެވެ.
ފޮންސޭކާ މިނިވަންކުރީ ރައީސް ރާޖަޕަކުސޭގެ އަމުރަށެވެ. ނަމަވެސް ހަފުތާ ބަންދުގައި ސޮއި ކުރައްވާ ޖެހޭނަކަމަށާއި އަދި މިނިވަންކަމާ އެކު އުޅެވޭނީ ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް ބީބީސީއިން މައުލޫމާތު ދެއެވެ. ފޮންސޭކާއަކީ މީގެ ދެ އަހަރު ކުރިން ރައީސް ރާޖަޕަކަސޭއާ އެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފަހު ހައްޔަރު ކުރެވުނު ބޭފުޅެކެވެ. ފޮންސޭކާގެ މައްޗަށް ކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތެވެ.
ސަރީލަންކާގައި ހިނގި ދާހިލީ ހަނގުރާމާގައި ތަމަޅަ ޓައިގަރުންގެ މައްޗަށް 2009 ވަނަ ހޯދި ކާމިޔާބީއަކީ ސަރަތު ފޮންސޭކާ ބުރަ މަސައްކަތެވެ. ޖަލުން ދޫކޮށްލުމާއި އެކީ ފޮންސޭކާ ވަނީ 10 އަހަރު ޖަލަށް ލިޔަސް އޭނާގެ ހަޔާތް އޭނާގެ މީހުންނަށްޓަކައި ޤުރުބާން ކުރާނެކަމުގައި ހަރު އަޑުން ގޮވާފައެވެ.

















advertisment
ޚިޔާލު