އެމެރިކާ

އިސްރާއީލުން އެމެރިކާގެ މީޑިއާއަށް ނުފޫޒުފޯރުވާކަމުގެ ކިތާބީ ހެކި އެމެރިކާގެ ޤައުމީ އަރުޝީފުން ޢާންމުކޮށްފި

ލިޔުނީ: އަޙްމަދު ޝަމީނު ދޮންމަނިކު

އެމެރިކާގެ ޤައުމީ އަރުޝީފުން މި ލިޔެކިއުންތައް އާންމުކޮށްފައިވަނީ ސެނެޓުން ކުރަމުން ގެންދިޔަ ތަޙުޤީޤަކާއި ގުޅިގެންނެވެ. ސިއްރުކޮށްގެން އިސްރާއީލުން އެމެރިކާގައި ހިންގާފައިވާ ދެ ޤައުމުގެ އާންމު ގުޅުންތަކާ ގުޅުންހުރި ކަންކަމުގައި ފިއްތުންތައް ކުރިމަތިކޮށް ލޮބީކުރުމަށް އިސްރާއީލުން ހިންގާފައިވާ ޙަރަކާތައް އެމެރިކާގައި އާންމުކުރެވިފައިވާ މި ލިޔުންތަކުން ހާމަކޮށްދެއެވެ.

މެދުއިރުމަތީގެ ސިޔަސަތުތަކާ ބެހޭ ދިރާސާކުރާ ބައިނަލްއަޤުވާމީ މުއައްސަސާއެއްކަމުގައިވާ އިންސްޓިޓިއުޓް ފޯ ރިސަރޗް އޮން މިޑްލްއީސްޓަން ޕޮލިސީ އިން ހާމަކޮށްފައިވާގޮތުގައި، އެމެރިކާގެ މީޑީއާއިން އިސްރާއީލަށް މުހިންމު މައްސަލަތަށް ގެނެސްދީ ހުށަހަޅާގޮތަށް ބާރުފޯރުވައި އިސްރާއީލުން ބޭނުންވާގޮތަށް ބައްޓަން ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ އެތަކެއް މިލިއަން ޑޮލަރުން ކޮށްފައިވާ ހޭދަތައް މި ކިތާބީ ހެތިކަތުން އެނގެއެވެ.

އެންމެ މިނިވަން އަދި ދެފުށްފެންނަ މީޑިއާކަމުގައި ދައުވާކުރާ އެމެރިކާ ގެ ރައްޔިތުންނަށާ ދުނިޔެއަށް އެޤައުމުގެ މީޑިއާތަކުން ފޯރުކޮށްދޭ ޚަބަރާ މައުލޫމާތުގެ ތެދުކަމާ މިނިވަންކަމާމެދު މީގެ ކުރިންވެސް ބައިނަލްއަޤުވާމީ ތަފާތު މުއައްސަސާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކިތާބީ ހެކި މި ފާލަމުން ޑައުންލޯޑްކުރެއްވޭނެއެވެ.

މި ކަމާގުޅޭގޮތުން ރަޝިއާޓުޑޭ ޗެނަލްގެ ފަރާތުން އިންސްޓިޓިއުޓް ފޯ ރިސަރޗް އޮން މިޑްލްއީސްޓަން ޕޮލިސީ ގެ މުޝީރު ގްރޭންޓް އެފް. ސްމިތް އާ ކޮށްފައިވާ އިންޓަވިއު މި ފާލަމުން ބައްލަވާލެއްވޭނެއެވެ. --އެމް. ބީ. ނިއުސް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *