ވިޔަފާރި

"ލިވިން ގްރީން"ގެ ނަމުގައި މުޅިން އާ ފިހާރައެއް ހުޅުވައިފި

ލިވިނގް ގްރީން - ދިއިސްލާމް ފޮޓޯ: އަޝްވާގު

ލިވިން ގްރީން - ދިއިސްލާމް ފޮޓޯ: އަޝްވާގު

 

ގުޅުންހުރިފޮޓޯ:

"ލިވިން ގްރީން"ގެ ނަމުގައި މުޅިން އާ ފިހާރައެއް ހުޅުވައިފިއެވެ.

އިއްޔެ ރޭ ހުޅުވި މިފިހާރައަކީ 'ހަކުރު ބަލީގެ' ބޭފުޅުންނަށް ހާއްސަ ފިހާރައެއްކަމަށް އެފިހާރައިން ހާމަކުރެއެވެ. "މިފިހާރައިން ހަކުރު ބަލީގެ ބޭފުޅުންނަށް ވަރަށް ހާއްސަ ޕްރޮޑަކްޓްތަކެއް އެބަހުރި. ވަރަށް ގިނަ ބާވަތްތައް އެބަހުރި." ކަމަށާއި "މިފިހާރައިން ގިނަ ބޭނުންފުޅުން ހޯއްދަވާ ސާމާނު ލިބެން ހުންނާ" ކަމަށެވެ. އެގޮތުން "ސައިފަތުގެ ބާވަތްތަކާއި(ހާބަލް ޓީ) އަދި ހަކުރު ބަލީގެ ބޭފުންނަށް ހާއްސަ ބިސްކޯދު، ޗުއިންގަމް، މެޓާ"" ލިބެން ހުންނާނެކަމަށް ލިވިން ގްރީންގެ އޮފިޝަލަކު ހާމަކުރެއްވިއެވެ.

މާވެޔޮ މިސްކިތް ކައިރީ ހުންނަ މިފިހާރަ ހުންނަނީ އަބާޔާ ފިހާރައާއި ޖެހިގެންނެވެ. ތަފާތު ގޮތަކަށް އިންޓީރިއަރ ޑިޒައިން ކޮށްފައިވާ މިފިހާރައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބެމުންދާކަން ފާހަގަ ކުރެވެއެވެ. ލިވިންގ ގްރީން ފިހާރައިގެ އިންޓީރިއާ ޑިޒައިން ކޮށްފައިވަނީ 'ސިރޫއާރޓްސް'އިން ނެވެ.

 

އިތުރު މައުލޫމާތު: 3344797

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *