ވާހަކަދިއިސްލާމް

ދިވެހި ތާރީޚުން: މީހުންގެ އަނބިން ގާތަށް ވަންނަމުން ދުވި މީހެއް!

ހަރޕުސް ޖެހިފައިވާ މީހެއްގެ ތުންފަތް
ހަރޕުސް ޖެހިފައިވާ މީހެއްގެ ތުންފަތް

ހިޖުރީ ގޮތުން 1098 ވަނަ އަހަރު ހިސާބުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ކަންތައްތަށް ހިނގަމުންދިޔައީ އެނދި މަރިޔަނބު ނަމަކަށް ކިޔުނު ފާސިގު އަންހެނެއްގެ ބާރުގެ ދަށުގަ އެވެ. އެކަމަނާގެ އެއްބަނޑު މީހުން ރަށުތެރޭގެ މީހުންގެ އަނބިންގާތަކަށް ފައުޅުގައި ވަދެ މީހުންނަށް އަނިޔާކުރެ އެވެ. މީގެތެރެއިން އެދުވަސްއަރު ބޮޑުވަޒީރަކަށް ހުރި ޢަލީ، ފޮނަދޫ ޚަޠީބުތަކުރުފާނުގެ އަނބިކަނބަލުންގެ އާމިނާކަނބާދީކިލެގެފާނަށް އެދި ދޭށޭކިޔައި ޖެއްސުންކޮށް އުޅުނެވެ. ދެން މީނަގެ ކަންތަށް ބޮޑުވެގެން ޚަޠީބުތަކުރުފާނު މާތްރަސްކަލާނގެ ހަޟުރަތަށް ދުޢާ އެއް ކުރެއްވި ކަމުގައިވެ އެވެ. މާތް ﷲ މި ދުޢާ އިޖާބަކުރެއްވި އެވެ. އަދި ޢަލީ ވަޒީރުގެ މަޢިދާޔަށް ހޫނު ބައްޔެއްޖެހުނެވެ. މިބަލީގެ ހޫނު ކަމުގެ ސަބަބުން އޭނާގެ ދެފައި ދަނޑިއާއި  ޒަކަރު ފަޅައިގެން ދިޔަ އެވެ. އަދި ދުވާ ކުނިވަހުގެ ސަބަބުން ގޮވާލަން ދާމީހުންނަށް ކައިރިއަށް ދާން ނުކެރޭކަމުގައިވި އެވެ. މިހާލުގައި އޭނާ މަރުނުވެ އެތަށް ދުވަހަކު އޮތުމަށްފަހު މަރުވީވެސް އެބަލީގަ އެވެ. މިފަދަ ނުބައި ޢަމަލުތަށް ހިންގާ މީހުންގެ ނިމުން އާމުކޮށް އަނަނީ މިފަދަ ގޮތަކަށެވެ.

ޒިނޭކުރުމުގެ ނުބައިކަމާއި އެކަމުގެ ނުރައްކާތެރިކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

وَلَا تَقْرَ‌بُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ﴿٣٢﴾

މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. " {އަލް އިސްރާ 17:32}

ޒީނޭކުރާ މީހުންނަކީ ދުނިޔެއާއި އާޚިރަތު ގައިވެސް ވޭންދެނިވި އަޒާބު ލިބޭ ބަޔެކެވެ. ދުނިޔޭގައި އެބައިމީހުންނަށް ލިބެމުންދާ އަޛާބު އަޅުގަނޑުމެންގެ ލޯކުރިމަތިން މިދަނީ ފެންނަމުންނެވެ. ޖިންސީ ގުޅުމުން ޖެހޭބަލިތަކާއި އެއިޑްސް ފަދަ ކޯފާތަށް އާންމުކޮށް ޖެހެނީ މި ނުބައި ޢަމަލު ހިންގާމީހުންނަށެވެ. ދުނިޔޭގައި ޒިނޭކުރުމުގެ އެންމެކުރީގައި އުޅެނީ އޮރިޔާން އިންޑަސްޓްރީގަ އެވެ. މި އިންޑަސްޓުރީ އާއި ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ Pink Cross އިން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުން މި އިންޑަސްޓުރީގައި  މަސައްކަތްކުރާ 66% މީހުންނަށް ހުންނަނީ ހާރޕްސް (Herpes) ކިޔާ ފަރުވާލެއްނުވާ ބައްޔެއްޖެހިފަ އެވެ. އަދި މީގެތެރެއިން ގިނަމީހުން މަރުވެގެންދަނީ ޖީންސީގުޅުމުން ޖެހޭބަލިތަކާއި ، އަމިއްލައަށް މަރުވުމާއި އަދި ނޫން ނަމަ މީހެއްގެ އަތުން މަރުވެގެންނެވެ. އެއްވެސް ހާލެއްގާ ޝަރަފާއި ޢިއްޒަތެއްގައެއް ނޫނެވެ. ވޭންދެނިވި ގޮތުގަ އެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުން މިދާ ފާޙިޝްކަންތަތަކުން ރާއްޖެ ސަލާމަތްކުރުމަކީ ދިވެހި ސާރުކާރުން ކޮންމެހެން ކުރަންޖޭނެ ކަމެކެވެ. އަދި އިސްލާމްދީނު ގައި ކަނޑައެޅިފައިވާ ހައްދުތަށް ޤާއިމްނުކޮށްފިނަމަ ދިވެހި މުޖުތަމަޢު ހަލާކުވެ ހަމަ ހަޤީގަތުގައިވެސް ދިވެހިރާއްޖެ އަޑިއަށް ހިގަނއިދާނެ އެވެ.

ގުޅުންހުރި

8 ޚިޔާލު

  1. mi ee varah rangalhu vaahaka thakeh……..mi alhaayahvves kurin ehen ulhevun…ekam mihaaru ekamah thaubaavan….ya Allah mi alhaayah maaf kurahvaandheve….adhi mi alhaayah islaam dheenuge thedhu magugai saabithu kurahvaandheyve…enmehaa hadi huthuru amalu thakun dhuru kurahvvaandheyve….aameen

  2. މާތް ﷲ އަޅަމެންގެ މިމުޖުތަމައުގެ ހުރިހާ މީސްތަކުން މިނުބައި ޢަމަލުތަކުން ދުރުކޮށްދެވާށިއެވެ. އަދި އިސްލާމީ ޝަރީޢަތް ގާއިމްކުރާ ގައުމެއްކަމުގައި މިގައުމު ލައްވާށިއެވެ.

  3. މީގަ އިން ފޮޓޯ ވަރަށް ޗިންޗޮކްސް!!!!!ޕްލީސް ޗޭންޖް އިޓް އްރްރްރްރރްރްރރްރްރްރރް

  4. ދިވެހި ސަރުކާރަކަށް ނޫން ގޮވައިލަން ޖެހެނީ … ރާއްޖޭގެ ޝަރުޢީ ދާއިރާތަކަށް…! ޝަރުޢީ ދާއިރާ ތަކުން ރާއްޖޭގެ ޝަރުޢީ އޮނިގަނޑު ރަނގަޅުކޮށް ހުކުމް ތަނފީޒު ކުރުމަށް ގޮވަިލަން!

  5. އަޅުގަނޑަށް ހީވަނީ ރަނގަޅު ގޮތަކީ ” ހާރޕީސް ” ހެން..

  6. ައާން ދޯ…….

  7. ގަދަކަމުން މީހެއްގަޔަށް އެރުމުންވެސް އެވަނީ ޒިނޭ ކުރުމަށްތޯ؟ ގަދަކަމުން އަންހެނެއްގެ އިއްފަތްތެރިކަން ނަގާލާ އޭނާއާއި ޖިންސީ ގުޅުން ގަދަކަމުން ހިންގުމުން ޒިނޭ ކުރާ މީހާއަށް އިސްލާމް ދީނުގައި ކަޑައަޅާފައިވާ އަދަބުތޯ ލިބެނީ؟ ޒިނޭ އަނީ އަންހެނަކާ ފިރހެނަކާ ރުހުމުގައި ވެސް ކުރެވޭނެ ކަމެއް. އަންހެނާގެ ނުރުހުމުގައި ފިރިހެނަކު އެކަން ކޮށްފިނަމަ އެފިރިހެނަ މީހާ އަށް ދެވޭ އަދަބަކީ ހަމަ ޒިނޭކުރި މީހާ އަށް ދެވޭ އަދަބު ކަމުގައި ވަނީ ނަމަ އަންހެނުން ގަޔަށް ގަދަކަމުން ނޭރުމަށް ފިރިހެނުންނަށް ބާޅު އެޅޭލެއް ކުޑައެއް ނޫންތޯ؟ އަޅުގަޑު އަޑު އެހިގޮތުގައި ގަދަކަމުން އަންހެނެއް ގެ ބޭނުނެ ހިފައިފި މިހާ ގެ ހަތަރެސްފައި ހުރަހަށް ބުރިކޮށް ސަލީބަށް އަރުވަން ޖެހޭ. މީ ރަންގަޅު ވާހަކައެއްތޯ އިވިފައި މިއޮތީ؟

  8. ރާއްޖޭގައި ދަނީ ފާހިޝް ޢަމަލުތައް ވަރަށް ބޮޑަށް ފެތުރެމުން މިކަންތައް ޙައްހު ކުރުމަށް އެންމެން އެއްބާރު ލައިގެން މަސައްކަތްކުރަންވީ

Your email address will not be published. Required fields are marked *

More in ވާހަކަ