އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ކޮމްޕިއުޓަރ އިންޖިނިއަރ އަދި އިކޮނޮމިސްޓެއްކަމަށްވާ ސޮންގ ހޮންގބިންގ މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން ލިޔެ ފޮތްފިހާރަތަކަށް ނެރެފައިވާ "Currency War" މިފޮތަކީ ޗައިނާގައި މިފަހުން އެންމެ ބާރަށް ހިނގި އަދި ޗައިނާގެ ޢާއްމުން ޔަހޫދީންނާދޭތެރޭ ދެކެމުން އައިގޮތް ބަދަލުކޮށްލި ފޮތްކަމަށް ދަ ޔޫރަޕިއަން ޔުނިއަން ޓައިމްސް އިން ހާމަކޮށްފިއެވެ. "އާޚިރުގައި ޔަހޫދީންނާބެހޭގޮތުން ހަގީގަތް ޗައިނާ ދަސްކޮށްފި" މި ސުރުޚީގެ ދަށުގައި ޔަހޫދީންގެ ނޫހަކާ ޙަވާލާދީ ލިޔެފައިވާގޮތުގައި މީގެ ކުރިން ގިނަ ޗައިނާ މީހުން ދެކޭ ގޮތުގައި ޔަހޫދީންނަކީ މުއްސަނދި، ސްމާރޓް އަދި ފައިސާ ހޯދުމުގައި މޮޅު ބައެކެވެ. ނަމަވެސް ސޮންގގެ "ކަރަންސީ ވޯރ" މިފޮތުގެ ސަބަބަބުން ޗައިނާ މީހުންގެ މިވިސްނުން ބަދަލުވެއްޖެ ކަމުގައެވެ. ކުރު މުއްދަތެއްގެ ތެރޭގައި މިފޮތުގެ އެއްމިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވެއެވެ. އަދި އެއީ ތަފާތު ގޮތްގޮތަށް ދައުރުކުރެވިފައިވާ ވަގު ކޮޕީއާނުލައެވެ. މިފޮތް ކުއްލިއަކަށް މިހާ ބާރަށް ހިންގަންފެށީ ފާއިތުވި މަސްތަކުގައި ދުނިޔޭގެ ބައެއް ގައުމުތަކަށް ކުރިމަތިވި އިޤްތިޞާދީ އަޑިއަޅާލުމާ ވިދިގެންކަމަށް ނޫހުގައި ބުނެފައިވެއެވެ.
ދަ ޔޫރަޕިއަން ޔުނިއަން ޓައިމްސްއިން ބުނާގޮތުގައި، ދުނިޔޭއަށް ބޮޑެތި ބަދަލުތަކެއް ގެނައި ނުރައްކާތެރި ޙަދިސާތަކުގެ ފަހަތުގައިވަނީ ޔަހޫދީންކަމަށް މިފޮތުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި، 1815ވަނަ އަހަރު ޗައިނާގައި ހިނގި ވޯޓަރލޫ ހަނގުރާމައާ، ހިޓްލަރަށް ބާރާނުފޫޒު ހޯދައިދިނުމާ އެމެރިކާގެ ކުރީގެ ރައީސް ކެނެޑީ އަވަހާރަކޮށްލުމާ އަދި 1990ގެ އަހަރުތަކުގައި އޭޝިޔާގެ ގައުމުތަކަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާގެ ފަހަތުގައިވަނީ ޔަހޫދީންގެ ނުބައި ރޭވުންކަމަށް މިފޮތުގައި ބަޔާންކޮށްފައިވެއެވެ. އަދި މަޝްހޫރު ޔަހޫދީ ފައިސާވެރިން ދުނިޔޭގެ ބޭންކިންގ ނިޒާމާ އަދި އެމެރިކާގެ ފެޑެރަލް ރިޒާވް ސިސްޓަމް ކޮންޓްރޯލް ކުރުމަށް ތާރީޚުގައި ޔަހޫދީން ހިންގާފައިވާ ހުރިހާ ޙާދިސާތަކެއްގެ ތަފްޞީލު ސޮންގގެ މިފޮތުގައި ބަޔާންކޮށްފައިވެއެވެ.
މިފޮތާބެހޭގޮތުން ކިޔުންތެރިންގެ ޚިޔާލު ހޯދުމަށް ބާއްވާފައިވާ އޮންލައިން ޑިސްކަޝަންތަކުން ހާމަވާގޮތުގައި ގިނަބަޔަކު ގަބޫލުކުރާގޮތުގައި މިއީ މިހާހިސާބަށް ލިވުނު އެންމެ މުހިއްމު ފޮތެވެ. އަދި 'ދުނިޔޭގެ އިޤްތިޞާދުގެ ފަހަތުގައިވާ ޙަޤީޤަތް' މިފޮތުން ހާމަވާކަމުގައި ބުނެފައިވެއެވެ.
ޗައިނާ މީހުންނަށް ޔަހޫދީންގެ ހަގީގަތް ގަބޫލު ކުރެވޭ!

















އެކޮނޮމިކްސް އާއި ބޭންކިންގ ކިޔަވާ ކުދިން ތިޔަ ފޮތް ކިޔާލުން ވަރަށް މުޙިއްމު ކަމުގައި ދެކެން.. ސްކޫލް ޓެކްސްޓް ފޮތުގައި ހުންނަ ތިޔަރީތަކަށް ވުރެ ތާރީޚްގައިދުނިޔޭގެ އިޤްތިޞާދު ކުރިއަށް ގޮސްފައިވާ ގޮތް އެނގުން މުޙިއްމެވެ. މި ފޮތްތައް ކިޔައިގެން ޓެސްޓް ޕޭޕަރެއްގެ ނަތީޖާ ރަގަޅު ނުކުރެވިދާނެއެވެ. އެކަމަކު މިފަދަ ފޮތްތައް ކިޔުމުން “ރިއަލް ވޯލްޑް”ގައި ކަންތައް ވާގޮތް ދަސްވެދާނެއެވެ. މަވެސް އިރާދަކުރެއްވިއްޔާ މި “ކަރެންސީ ވޯރ” ކިޔާލަން ލިބޭތޯ ބަލާލާނަމެވެ.