ދުނިޔޭގެ އެންމެންގެ ރުހުމަށްވުރެ ﷲގެ ރުހިވޮޑިގަތުން މާ މުހިއްމުވާނެ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
އިންސާނާ މަރުވުމުން މީސްތަކުންނާ ވަކިވެ ގުޅުން ކެނޑުނު ކަމުގައި ވިޔަސް ﷲ ސުބްހާނަހޫ ވަތަޢާލާގެ ރަޙްމަތުން ބޭނުން ނުވާނެ ވަގުތެއް ނާންނާނެ ކަމަށާއި ﷲ ތަޢާލާއާއި ވަކިވެވޭނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ހަމައެހެންމެ އެކުގައި އުޅޭ މީހުންނަކީ ﷲ ސުބްހާނަހޫ ވަތަޢާލާގެ މަތިން ހަނދުމަކުރާ ބަޔަކަށް ވާން ޖެހެއެވެ. އަދި އެފަދަ ބައެއް ނޫންނަމަ އެބަޔަކާ ވަކިވާންޖެހެއެވެ. އެއީ އެކުގައި އުޅޭ މީހުންގެ ސަބަބުން ތިބާގެ އީމާންކަމަށް ބަދަލުނައުމާއި އެމީހުން ކޮށްދީފާނެ ހެޔޮކަމަކަށް ނުބަލާ މީސްތަކުންނަށް އެހީތެރިވުމަށެވެ.
ނިންމާލަމުން ވިދާޅުވަނީ މީސްތަކުންނަށް އެހީތެރި ވާންވީ އެމީހުންގެ ކިބައިން ކަންކަމަށް އެދިގެން ނޫން ކަމާއި ﷲ ގެ ރުހިވޮޑިގަތުން ހޯދަންކަމެވެ. މީގެ އިތުރުން ﷲގެ ރުހިވޮޑިގަތުން ގެއްލޭނެ ކޮންމެ ކަމަކުން ދުރުހެލިވެގެން މެނުވީ އާޚިރަތް ލިބުމެއް ނެތްކަމަށް ޝެއިޚްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ޚިޔާލު