ރާއްޖޭގެ ޚަބަރުދަރުސް ޚަބަރުދިއިސްލާމް

އައްޝައިޚް މުޢިއްޒު ބުޚާރީގެ ވަރަށް ޚާއްސަ ދަރުސެއް މިރޭ

މަޝްޙޫރު ދާއީ އައްޝައިޚް މުޢިއްޒު ބުޚާރީގެ ވަރަށް ޚާއްސަ ދަރުހެއް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މި ދަރުހަކީ " ދަ ޔޫތު ޑިލެމާ" ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ދަރުހެކެވެ. މިރޭ 21:00 ގައި ބާއްވާ މި ދަރުސް މިނިސްޓްރީގެ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލްއިން ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

މި ދަރުހުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެލެއްވުމަށް މިނިސްޓްރީގެ ފަރާތުން އެދިލައްވައެވެ.

އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ސްރީލަންކާއަށް އުފަން ބޭފުޅެކެވެ. އެބޭފުޅާގެ އުމުރުން 14 އަހަރުގައި ޤުރްއާން ހިތުދަސްކުރުމަށްފަހު، 10 އަހަރު ހޭދަކުރެއްވީ ޢަރަބި ބަހާއި، އިސްލާމީ ފިޤުޙު އަދި ހަދީޡް ޢިލްމު އުނގެނުމަށެވެ.

މިވަޤުތު އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ކޮލަންބޯގެ "ސަކީނާ އިންސްޓިޓިއުޓް" ގެ ސީ.އީ.އޯ އެވެ. ހަމައެހެންމެ އެބޭފުޅާއަކީ، އެބޭފުޅާ ތަޢުލީމު ޙާސިލްކުރެއްވި ކޮލޮމްބޯގެ އިންސްޓިއުޓް ކަމަށްވާ " އިންޓަނޭޝަނަލް އިސްލާމިކް އިންސްޓިއުޓް" ގައި ޢަރަބި މާއްދާ ކިޔަވައިދެއްވަމުންދާ މުދައްރިސެކެވެ.

މީގެ އިތުރުން، އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ކޮލޮމްބޯގެ ވެލަވަޓްގެ އެންމެ ބޮޑު ހުކުރު މިސްކިތުގެ ޚަޠީބެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.