ޖުވާ ކުޅެގެން ހޯދާ ޙަރާމް ފައިސާ ކައިގެން އުޅޭ މީހާއަށް ޙައްޤުކަން ބޮޑީ ނަރަކަ: ޚުޠުބާ

ޖުވާ ކުޅެގެން ހޯދާ ޙަރާމް ފައިސާ ކައިގެން އުޅޭ މީހާއަށް ޙައްޤުކަން ބޮޑީ ނަރަކަ: ޚުޠުބާ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޖުވާ ކުޅެގެން ހޯދާ ފައިސާއިން ކައިގެން، ހަށިގަނޑުގައި ޖަހާ މަހާއި އުފެދޭ ލެއަށް ހައްގުކަން ބޮޑީ ނަރަކަ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ޖުވާގެ ނުރައްކާތެރިކަމާއި އިސްލާމްދީނުގައި އޭގެ ޙުކުމް އޮތްގޮތް ތަފްޞީލުކޮށް ބަޔާންކޮށްދީފިއެވެ. ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި ޖުވާއަކީ ފައިސާ ބަހައްޓައިގެން މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރަކަށް ކިޔާ ނަމެއް ކަމަށާއި، އިސްލާމްދީނުގައި މިއީ ޙަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމެކެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި ޖުވާ ޙަރާމްވެގެންވަނީ އެއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ކަމެއްގެ ގޮތުގައިވާތީއެވެ. އަދި ޖުވާގެ ސަބަބުން މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދި، ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ހުރަސްއެޅޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ޖުވާގެ ތެރޭގައި ހިމެނޭ ކަންތައްތައް ވެސް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ކާޑު ކުޅުމާއި، ނަޞީބު ނަންބަރު ނެގުމާއި، ކެސިނޯ ކުޅުމާއި، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ބެޓުކުރުން ހިމެނެއެވެ. މި ކަންކަން ޙަރާމްވެގެންވަނީ ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީއާއި، މުޖުތަމަޢުގެ ފަސާދައާއި ގެއްލުންތަކަށް މަގުފަހިވާތީ ކަމަށް ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ޙައްލުކުރުމަށް މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ ދައުރު މުހިންމުކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި އަދި ޤާނޫނު ތަންފީޛުކުރާ މުއައްސަސާތައް ހިމެނޭ ކަމަށް ބުންޏެވެ.

ޖުވާ ކުޅެގެން ހޯދާ ފައިސާއަކީ ޙަރާމް ފައިސާ ކަމަށް ބަޔާންކުރައްވައި، މި ކަމުން ސަލާމަތްވުމަށް އެދޭ މީހުން ތައުބާވެ، އެ ފައިސާ ލިބުނު ފަރާތްތަކަށް އަނބުރާ ރައްދުކުރަން ޖެހޭނެ ކަމަށާއި، އެ ފަރާތްތައް ނޭނގޭނަމަ، އެ ފައިސާ ފަޤީރުންނަށް ހޭދަކުރަން ޖެހޭނެ ކަމަށް ވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.