ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތް ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ މާމަތިވެރި: ޑރ ޒާކިރް ނައިކް

Fathis Namaadh Ge Ihu Sunnathuge Dhe Rakuai Dhuniyeaa Dhuniyeyga Vaa Echakah Vure Maa Mathiveri: Dr Zakir Naik
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތްކުރުމުން އެލިބިގެންދަނީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ މާމަތިވެރި ނިޢްމަތެއް ކަމަށް މަޝްހޫރު ޢިލްމުވެރިޔާ ޑރ ޒާކިރް ނައިކްވިދާޅުވެއްޖެއެވެ.

މީގެއިތުރުން ފަތިސްނަމާދަށް ނުހޭލެވިގެން ކަންބޮޑުވިމީހަކާއި ސުވާލުކުރުމުން  "ފަތިހު 5 ޖަހާއިރު އޮތް ބައްދަލުވުމަކުން ތިބާއަށް 1 މިލިއަން ޑޮލަރު ލިބޭނަމަ ތިބާ ކަންތައްކުރާނީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުނީ ހޭލައި ހުރެގެންވެސް އެބައްދަލުވުމަސް ދާނެ ކަމަށްބުނެފައިވެއެވެ.

ކޮންމެ މީހަކަށްވެސް ދުވާލަކު 7 ގަޑިއިރާއި 9 ގަޑިއިރާއި ދެމެދުން ނިދިބޭނުންވާނެ ކަމަށާއި މިހައިތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި 6 ގަޑިއިރު ނުނިދޭ މީހުންގެ ތެރެއިން އެމީހާ ކުރަންޖެހޭ ކަންކަން އެންމެ ފުރިހަމައަށް ކުރެވެނީ އެންމެ 1 އިންސައްތަ މީހުންނަށް ކަމަށެވެ.

އެކި މީހުންނަށް ނިދި ބޭނުންވާނީ އެކިވަރަށެވެ. 7،8،9 ގަޑިއިރުގެ ނިދި ބޭނުންވާ މީހުން އުޅޭނެއެވެ. ވީމާ އަމިއްލައަށް ހިސާބު ހަދައިލާށެވެ. 7 ގަޑިއިރު ނިދަން ބޭނުންވާ މީހާ އިތުރަށް 8 ގަޑިއިރުކުރިއަށްލައި ނިދަންވާނެއެވެ. މިސާލަކަށް ފަޖުރު ވަގުތު ފެށެނީ 5 ޖަހާއިރު ކަމަށްވާނަމަ އިރާކޮޅު 9 ޖަހާއިރު ނިދަންވާނެއެވެ. އެއިރުން 7 ގަޑިއިރު ހަމަކޮށް 4 ޖަހާއިރު ހޭލެވޭނެއެވެ. ހޭލެވުމުން ތައްޔާރުވެލައި ފަޖުރުލުމުގެކުރިން ތަހައޖުދު ނަމާދުކޮށްލާނީކަމުގައިޝެއިޚްވިދާޅުވެފައިވެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.