ވިޔަފާރި

އަމާނާއިން އިސްލާމިކް ބޭންކުގެ ތަކާފުލް ޕޮލިސީތައް ބާޒާރަށް ނެރެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ތަކާފުލް ޕޮލިސީތައް އަމާނާ ތަކާފުލްގެ ފަރާތުން ބާޒާރަށް ނެރޭގޮތަށް ހަމަޖެހިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން އެމްއައިބީއިން ބުނެފައިވަނީ އަމާނާ ތަކާފުލްއާއެކު ވެވުނު އެއްބަސްވުމުގައި ބަންކާ ތަކާފުލްގެ ދަށުން އަމާނާ ތަކާފުލްގެ ހުރިހާ ތަކާފުލް ހިދުމަތް ތަކެއް އެމްއައިބީ އިން ލިބިގެންދާނެ ކަމަށާއި އެމްއައިބީގެ ކަސްޓަމަރުންނަށް ބޭނުންވާނެ ތަކާފުލް ޕޮލިސީތައް މިއެއްބަސްވުމުގެ ދަށުން އުފައްދާ ބާޒާރަށް ނެރޭނީ އަމާނާ ތަކާފުލްގެ ފަރާތުން ކަމަށެވެ.

މިއެއްބަސްވުމާއި ގުޅޭގޮތުން އަމާނާ ތަކާފުލް އިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު އެއް އަސާސް އަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުން ކަމަށާއި އެއްބަސްވުމުގެ ސަބަބުން އުފެއްދުންތެރި ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރުމުގެ ފުރުސަތު އެމްއައިބީއަށް ލިބިގެންދާނެ ކަމަށެވެ.

އަމާނާ ތަކާފުލްއާއި މޯލްޑިވްސް އިސްލާމިކް ބޭންކަކީ ރާއްޖޭގައި ހަމައެކަނި ފުލް-ފުލެޖުޑް ޝަރީއާ ހުއްދަކުރާ ފައިސާގެ ހިދުމަތްދޭ ދެ ކުންފުންޏެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *