ވިޔަފާރި

އިސްލާމިކް ބޭންކްގެ މޯބައިލް ބޭންކިންގ ޚިދުމަތް ތަޢާރަފް ކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މޯބައިލް ބޭންކިންގ ޚިދުމަތް ތަޢާރަފް ކޮށްފިއެވެ.

ރޭ ހޮޓެލް ޖެންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް ބޭންކުގެ މޯބައިލް ބޭންކިންގ ޚިދުމަތާއި މޯބައިލް ބޭންކިންގ އެޕްލިކޭޝަންލޯންޗުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު ނަސީރާއި އިސްލާމިކް ބޭންކުގެ އެކްޓިންގް ސީއީއޯ އަހްމަދު ރިޒާއެވެ.

އިސްލާމިކް ބޭންކްގެ މޯބައިލް އެޕްލިކޭޝަން އެޕް "ފައިސާ މޯބައިލް" އިން އެކައުންޓްގެ ހިސްޓްރީއާއި ބެލެންސް ބެލުމާއި އެމްއައިބީއާއި ރާއްޖޭގައި އޮޕަރޭޓްކުރާ އެހެން ބޭންކްތަކުގެ އެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ކުރެވޭނެއެވެ. އަދި ޕިން ކޯޑުގެ އިތުރުން ބަޔޯމެޓްރިކް އޮތެންޓިކޭޝަނާއި ޓޫ ފެކްޓާ އޮތެންޓިކޭޝަން ފަދަ ސެކިއުރިޓީ ފީޗާތައްވެސް މިއެޕްގައި ހިމެނިފައިވާނެ ކަމަށް އެމްއައިބީގެ ފަރާތުން ބުނެއެވެ.

އާއްމު ގޮތެއްގައި މިފަދަ އެޕްތަކުގައި ނުހިމެނޭ ފީޗާތައްވެސް އެމްއައިބީގެ އެޕްގައި ހިމެނިފައިވާނެ ކަމަށް އެފަރާތުން ބުނެއެވެ. އެގޮތުން ޗެކު ފޮތުގެ ތަފްސީލު ބެލުމާއި ޗެކު ކްލިއާރ ކުރުމުގެ ސްޓޭޓަސް ބެލުމުގެ އިތުރުން ޗެކު ގެއްލިއްޖެ ނަމަ އެކަން މިއެޕް މެދުވެރިކޮށް ރިޕޯޓުކުރެވޭނެއެވެ. އަދި ކަސްޓަމަރާ ގުޅޭ ފައިނޭންސިންގ ފެސިލިޓީތަކުގެ ތަފްސީލު އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އިސްލާމިކް ބޭންކްގެ މޯބައިލް ބޭންކިން  އެޕްލިކޭޝަނަކީ ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުމެއް ކަމަށް އެފަރާތުން ބުނެއެވެ.

"ފައިސާ މޯބައިލް" އެޕްލިކޭޝަން  އެޕްސްޓޯރާއި ގޫގްލް ޕްލޭސްޓޯރުން މިހާރު ލިބެން އެބަހުއްޓެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *