މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.
ރޯދަ ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބޭންކުން ހާމަކުރި ގޮތުގައި ރޯދަ ޕްރޮމޯޝަންގައި ކޮންސިއުމާރ ގުޑްސް ފައިނޭންސިންގެ ދަށުން 250،000 ރުފިޔާއާ ހަމައަށް މުދާ ނެގޭއިރު އެފައިސާ ދައްކަން ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
މިއަހަރުގެ ޕްރޮމޯޝަންގައިވެސް ގޭގައި ގެންގުޅޭ ސާމާނާއި، ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ލިބޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނާއި އިންޖީނުވެސް ލިބޭނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.
އިސްލާމިކް ބޭންކުގައި އެކައުންޓެއް ނެތްނަމަވެސް، އެބޭންކުގެ ކޮންސިއުމާރ ފައިނޭންސިން ޚިދުމަތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އިސްލާމިކް ބޭންކުން ބުނެ އެވެ. އަދި ޕްރޮމޯޝަންގެ ދަށުންއެޕްލިކޭޝަން ފޯމް ހުށަހަޅާއިރު ނަގާ މުދަލުގެ ކޮޓޭޝަން ބޭނުންވާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ. އެކަމަށް ބޭނުންވާ ފޯމު އެމްއައިބީ ވެބްސައިޓުންނާއި ޕޯސްޓް ބިލްޑިންގެ ހަތްވަނަ ފްލޯއިންނާއި އެ ކުންފުނީގެ ބްރާންޗްތަކުން ލިބެން ހުންނާނެ ކަމަށް އިސްލާމިކް ބޭންކުން މައުލޫމާތު ދެއެވެ.
މިއަހަރުގެ ޕްރޮމޯޝަން ކުރިއަށްދާނީ މާރޗް 22 ފެށިގެން މެއި މަހުގެ 17 ގެ ނިޔަލަށެވެ.

















ޚިޔާލު