ދީނީ ލިޔުންދީން

ޣާފިލުކަމުގެ ޢަލާމާތްތަކާއި ސަބަބުތަކާއި ފަރުވާ

إِنَّ الَّذِينَ لا يَرْجُونَ لِقَاءَنَا وَرَضُوا بِالْحَيَاةِ الدُّنْيَا وَاطْمَأَنُّوا بِهَا وَالَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ*أُولَئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ – يونس 7-8 ހަމަކަށަވަރުން، ތިމަންއިލާހާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށް ރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންއިލާހުގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ.

އާއެކެވެ. ބައެއް މީހުން ދުނިޔޭގައި އުޅެނީ މިފަދަ ބައެއްގެ ގޮތުގައެވެ.

އެބައިމީހުންގެ ދިރިއުޅުމާމެދު ހިތްހަމަޖެހިގެންނެވެ. އާޚިރަތާމެދު ޣާފިލުވެގެންނެވެ.

މަރަށްފަހު އެބައިމީހުންނާ ކުރިމަތިވާނޭ ކަންތައްތަކާއި އެބައިމީހުން ދެމިތިނެވި ތަނުގެ މަތިން އެއްގޮތަކަށްވެސް ފިކުރެއް ނުކުރެއެވެ.

ޣާފިލުވެފައި ތިބުމުގެ ނުރައްކާތެރިކަމާއެވެ!

ޣާފިލުކަމުގެ ނުރައްކާތެރިކަމުން އަޅަމެއް ސަލާމަތްކުރައްވާށި! ޔާ ﷲ!

ﷲ ތިބާގެ ޢަމަލުތައް ބައްލަވާވޮޑިގަންނާކަމާމެދު ޣާފިލުނުވާށެވެ

ﷲ ކުރައްވާފައިވާ ވަޢުދުތަކާ އެއިލާހު އަޅަމެންނަށް ވަޢުދުކުރައްވާފައިވާ ޘަވާބާމެދު ޣާފިލުނުވާށެވެ.

ﷲ ކުރައްވާފައިވާ ވަޢީދުތަކާ އެއިލާހު އަޅަމެންނަށް ވަޢީދު ކުރައްވާފައިވާ ޢަޛާބާމެދު ޣާފިލުނުވާށެވެ.

ޣާފިލުކަމުގެ ޢަލާމާތްތައް

1- އަޅުކަން އަދާކުރުމުގައި ކަންނެތް ވުން
2- ޙަރާމްކަންތައްތައް އެއީ ކުޑަކުޑަ ކަންތައްތަކެއް ކަމުގައި ބެލުން
3- ފާފަކުރުން، ފާފައަށް ލޯބިކުރުން އަދި ފާފައިގެ ވާހަކަ ދެއްކުން (ފާޅުކުރުން)
4- ފައިދާނުވާ ކަންކަމުގައި ވަގުތު ބޭކާރު ކުރުން

ޣާފިލުވުމުގެ ސަބަބުތައް

1- ދުނިޔެދެކެ ލޯބިވުން
2- ﷲ އާމެދު ޖާހިލުވުން
3- ފާފަކުރުން
4- ނުބައި އެކުވެރިން
5- ޢަމަލު ކުރުމާ ނުލާ މާބޮޑަށް އުއްމީދުކުރުން
6- ބޭކާރު ވާހަކަދެއްކުން
7- މަރާއި އާޚިރަތުގެ މަތިން ހަނދުމަނެތުން

ޣަފުލަތުގެ ފަރުވާ

1- ﷲ އާބެހޭ ޢިލްމު ހޯދުން
2- ﷲ ގެ ޛިކްރުން އެއްކިބާނުވުން
3- ޛިކްރުގެ މަޖްލީސްތައް
4- ޤުރުއާން ކިޔެވުން
5- ﷲ އަށް ދުޢާ ދެންނެވުން
6- ޖަމާޢަތުގައި ފަރުޟު ފަސްނަމާދު ކުރުމަށް ރައްކާތެރިވުން
7- ދަމު ނަމާދުކުރުމަށް ފަރުވާ ބެހެއްޓުން
8- ގިނަ ގިނައިން މަރު ހަނދާންކުރުން

اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ -الأنبياء : 1
މީސްތަކުންނަށް އެބައިމީހުންގެ ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެބައިމީހުން ޣާފިލުވެ އެކަމުން އެއްކިބާވެގެންވާ ޙާލުގައެވެ.

(ނިމުނީ)

ގުޅުންހުރި

2 ޚިޔާލު

  1. މިހާރު ދިއިސްލާމްގެ ޕޭޖް ފެންނަނީ އެއްކަލަ ބޮލިފޮންޓުން. ކުރީގަ ވަރަށް ރީތި ފޮންޓަކުން ފެނޭ. މިވީ ކިހިނެތްބާ؟ އެއްވެސް ހިންޓެއް އެބައޮތްތޯ؟

  2. ދިވެހިންގެ ތަރުބިޔަތު ދައްކުވާ ދިން މިހާދިސާ އެކިއޭންގަލުން ދިރާސާ ކުރެވިދާނެ، ދިވެހިންގެ ސުކޫލް ދައުރަށް ބަލާއިރު ސުކޫލް ތަކުގަޔާއި އެކިއެކި ޓީވީ ރޭޑިޔޯ ސްޓޭޝަން ތަކުން ބާއްވާ ލަވަޔާއި ނެށުމުގެ މުބާރާތުގައި ބައިވެރިވާ ގިނަދަރިވަރުން، ހަމައެފަދައިން ޤުރުއާން މުބާރާތުގައިވެސް ބައިވެރިވާނެ، ލަވަކިޔަނީވެސް އަދި ޤުރުއާން ކިޔަވަނީޥެސް ހަމަ މިދަރިވަރުން އެހެންވީމަ މިފަދަ ޝޯތަކަށް ދާން ތިބޭނީވެސް ސްކޫލް ނިންމާފައި ތިބި ޒުވާނުންކަން ޔަޤީން! ސުވާލަކީ އެހާގިނަ ދިވެހިން މިފަދަ ޝޯއެއް ބަލަން ދިޔައީ ކީއްވެބާއޭ!؟

Your email address will not be published. Required fields are marked *