"ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި ދިރިއުޅުން އާރާސްތުކުރެވިގެން"

"ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި ދިރިއުޅުން އާރާސްތުކުރެވިގެން"
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. އަދި ހަރުދަނާ ޢާއިލާއެއް ބިނާކުރުމަށްޓަކައި، ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތާލަންޖެހޭ ކަމަށް ބާރުއަޅުއްވައި ވިދާޅުވިއެވެ.

ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޢާއިލާ ބަލިކަށިވެއްޖެނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމަޢުގައި އިންސާނިއްޔަތުކަން ނެތިގެންދާނެއެވެ. "ޢާއިލާއަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޝަރުޢީ އަދި އިޖުތިމާޢީ ހިޔާވަހިކަމެއް" ކަމަށާއި، ހަރުދަނާ ޢާއިލާއެއް ބިނާކުރުމަކީ މާތްﷲ ދެއްވި ނިޢުމަތަށް ޝުކުރުކުރުމަށް އެޅޭ ފުރަތަމަ ބިންގާކަމުގައި ވިދާޅުވިއެވެ.

ހަރުދަނާ ޢާއިލާއެއް ބިނާކުރުމަށްޓަކައި، ދީނުގައި އަންގަވާފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުން ފަދަ ކަންކަން ގޭތެރެއިން ނައްތާލަންޖެހޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އިސްލާމްދީނަކީ ޢަދުލުވެރި ދީނެއްކަމާއި، ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"ކޮންމެ މަޔަކާއި ބަފަޔަކު، ދަރީން ތަރުބިޔަތުކުރުމުގައި އިސްލާމް ދީން ގެނެސްދީފައިވާ މަންހަޖާ އެއްގޮތަށް ޢަމަލުކުރުމަކީ، މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެއް" ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. އަދި ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި، ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި ޢިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާޞިލުކޮށްދިނުމަށްޓަކައި ހުޅުވޭނެ އަމާން ދޮރެއްކަމުގައި ފާހަގަކުރެއްވިއެވެ.

ޢާއިލާގެ ކޮންމެ ފަރުދަކުވެސް ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަކީ އަދާކުރަންޖެހޭ ޒިންމާއެއްކަން ފާހަގަކުރައްވައި، ދަރީންނަށް ތަޢުލީމުދީ ބަލައިބޮޑުކުރުމުގައި އިހުމާލުނުވުމަށާއި ފަރުވާކުޑަނުކުރުމަށް ޚުޠުބާގައި އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.