އިސްލާމީ ފިޤުހުގެ މުޢާސިރު މައްސަލަތަކާ ގުޅޭގޮތުން މެލޭޝިޔާގައި އިސްލާމީ އިސް ޢިލްމުވެރިން މަޝްވަރާކުރައްވައިފި

އިސްލާމީ ފިޤުހުގެ މުޢާސިރު މައްސަލަތަކާ ގުޅޭގޮތުން މެލޭޝިޔާގައި އިސްލާމީ އިސް ޢިލްމުވެރިން މަޝްވަރާކުރައްވައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

މުސްލިމް ވޯލްޑް ލީގުގެ އިސްލާމިކް ފިޤުހު ކައުންސިލުން ކުއާލަލަމްޕޫރުގައި ފުރަތަމަ ފަހަރަށް ބޭއްވި ފިޤުހުވެރިންގެ ފޯރަމްގައި، އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމުވެރިންނާއި މުފްތީން ބައިވެރިވެވަޑައިގެން، އިސްލާމީ ފިޤުހު އުނގަންނައިދިނުމާއި މުޢާސިރު ފިޤުހުވެރިން އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

"އިސްލާމީ ފިޤުހު އުނގަންނައިދިނުމާއި ފިޤުހުވެރިޔާ އުފެއްދުން: ސިފަތަކާއި މަގުދެއްކުން" މި ނަމުގައި ބޭއްވުނު މި ފޯރަމް އިފްތިތާހުކޮށްދެއްވީ މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް އަދި މުސްލިމް ޢިލްމުވެރިންގެ އެސޯސިއޭޝަންގެ ރައީސް ޝައިޚް ޑރ. މުޙައްމަދު އަލް-ޢީސާއެވެ. މި ފޯރަމަކީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ޙިމާޔަތުގެ ދަށުން ބޭއްވުނު ފޯރަމެކެވެ.

ސަޢޫދީ ޢަރަބިއްޔާގެ މުފްތީ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޝައިޚް ދެއްވި މުހިންމު ޚިޠާބުގައި، އިސްލާމީ ފިޤުހަކީ ގަރުނުތަކެއް ވަންދެން ޢިލްމުވެރިން މުއްސަނދިކޮށްފައިވާ ވަރަށް ސާފު އަދި މުހިންމު ޢިލްމެއްކަން ފާހަގަކުރެއްވިއެވެ. އަދި މުސްލިމް ދުނިޔޭގެ ޔުނިވަރސިޓީތަކުގައި އިސްލާމީ ފިޤުހު އުނގަންނައިދޭ ގޮތް އިވެލުއޭޓްކުރުމުގެ މުހިންމުކަމާއި، މުޢާސިރު މައްސަލަތަކަށް ޙައްލު ހޯދައިދެވޭނެ ފިޤުހުވެރިން އުފެއްދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޞާލިޙް ބިން ޙުމައިދު ވިދާޅުވީ އިސްލާމީ ފިޤުހަކީ ހަމައެކަނި ހަރުކަށި ޙުކުމްތަކެއްގެ މައްޗަށް އެކުލެވޭ އެއްޗެއް ނޫން ކަމަށާއި، އެއީ ޤުރްއާނާއި ސުންނަތުގައި އަސްލު އޮވެގެން، ޒަމާނާއެކު ކުރިއަރަމުންދާ، ނަމަވެސް އޭގެ އަސާސީ އުޞޫލުތައް ދަމަހައްޓާ ދިރުންހުރި ޢިލްމެއް ކަމުގައެވެ.

މެލޭޝިޔާގެ މުފްތީ ޝައިޚް ފައުޒީ ފަޟިލް ވިދާޅުވީ ޓެކްނޮލޮޖީއާއި އިޖްތިމާޢީ ކުރިއެރުންތަކާއެކު އުފެދެމުންދާ އައު މައްސަލަތަކާ ކުރިމަތިލުމުގައި ޖަމާޢީ އިޖްތިހާދުގެ މުހިންމުކަން ބޮޑުކަމަށެވެ. އަދި މި ފަދަ މައްސަލަތަކަކީ ކުރީގެ ޒަމާންތަކުގައި ނެތް، ޝަރީޢަތާއި މުސްލިމް އުންމަތުގެ މަޞްލަޙަތާ އެއްގޮތްވާ ގޮތުގެ މަތިން ޙައްލުކުރަންޖެހޭ މައްސަލަތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.