ކޮލަމިސްޓް

"މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމަކަށް ވާނީ!"

ފަޟީލަތުއްޝައިޚް ޑރ. މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ

"މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމަކަށް ވާނީ!" މިއީ އަޅުގަނޑުގެ ބަހެއް ނޫނެވެ. މިއީ ސައުދީގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ އާއި ކުރެވިފައިވާ ސުވާލަކަށް ދެއްވި ޖަވާބެވެ.

ރާއްޖޭގެ އިންތިޚާބާއި ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޑރ މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ ވިދާޅުވެފައިވަނީ "މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމުމަކަށް ވާނީ! ދޮގެއްތަ؟ މުރުތައްދުވެފައިވާ މީހަކު އިންތިޚާބުކުރުމުގައި، މުރުތައްދުވެފައިވާ މީހަކަށް ނަޞްރުވެރި ވުމުގައި، މުރުތައްދުވެފައިވާ މީހަކު ބާރުވެރިކުރުމުގައި، މުރުތައްދުވެފައިވާ މީހަކު މަތިވެރި ކުރުމުގައި، މުރުތައްދުވެފައިވާ މީހަކު ހޮވުމަށް މަސައްކަތް ކުރުމުގައި އެވާނީ މުރުތައްދުގެ އަހުލުވެރިންނާއި ކުފުރުގެ އަހުލުވެރިން އިސްލާމުންގެ މައްޗަށް ބާރުވެރި ކުރުމުގައި ބައިވެރިވުން ކަމުގަ! މިކަމެއް ހުއްދައެއް ނުވާނެ”ކަމަށެވެ. މިފަދައިން ޝެއިޚް ވިދާޅުވެފައިވަނީ ސުވާލު ކުރި ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސުވާލު ކުރި ފަރަތުން ސުވާލުކޮށްފައިވަނީ “(ބައެއްމީހުން) އެބަބުނޭ އަހަރެމެން މިފަދަ އިންތިޚާބެއްގައި ވޯޓުލައިފިނަމަ އެއީ މުރުތައްދުވުމެކޭ! ތެދެއް! ވޯޓުލައިފިއްޔާ އެއީ ޝިރުކުކުރުންތޯ؟"އެވެ.

ފަޟީލަތުއްޝައިޚް ޑރ މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ އާއި ސުވާލުކޮށްފައިވަނީ “އެމީހުންގެ ތެރޭގައި ދީނީ މީހަކު ނުވަތަ ދީންވެރިމީހަކު ވަކިނެތް! އެމީހުންގެ ތެރެއިން އެކަކީ ދީނަށް ފުރައްސާރަ ކުރާމީހެއް! ވަރަށް ފަހަކުން ޑެންމާކަށް ގޮސް، ޤުރްއާނާއި ސުންނަތަށް އިހާނެތިކޮށް ވާހަކަދެއްކި! އަދި ރަސޫލާ ޞަލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި! މީ ފާޅުގަ ހިނގިކަމެއް!”ކަމަށެވެ. މިސުވާލު ކުރުމާއި އެކު ޝެއިޚް ގެ ޖަވާބު ވަރަށް ސީދާއެވެ. ޝެއިޚް ޖަވާބު ދެއްވީ “ތިޔަހެން؟ ތީ މުރުތައްދެއް، ތިޔަހެންވެއްޖެއްޔާ ތީހަމަ ދީނުން ބޭރުވެފަހުރި މުރުތައްދެއް!”ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންގެ ބަސް މިހެން ހުރި އިރު އިސްލާމް ދީނަށް ފުރައްސާރަކުރާ މީހަކަށް ވޯޓް ދިނުމުގައި ދެވަނަ ވިސްނުމަކަށް ދާންއެބަޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *