ކޮލަމިސްޓްދީން

ތިލާވަތުގެ ސަޖިދަ

ތިލާވަތުގެ ސަޖިދަ ކުރުމުގައި ޠަހާރަތު ޝަރުޠުވެގެން ނުވާކަމަށާއި ސަޖިދައިން ތެދުވެ ސަލާމް ދިނުމާއި، ތަކްބީރު ކިއުމެއް ނުވާ ކަމުގައި، ޢިލްމުވެރިންގެ އަރިހުން އައިސްފައިވާ ބަސްފުތަކަކީ އެންމެ ޞައްޙަ ބަސްކަމަށް عبد العزيز بن باز ވިދާޅުވެފައިވެއެވެ.
މާތް ﷲ އެދެބަފައި ކަލުންނަށް ރުއްސުންލެއްވި އިބުނު ޢުމަރު ވިދާޅުވެފައިވަނީ ނަމާދުގައި ތިލާވަތުގެ ސަޖިދަ ކުރާކަމުގައިވާނަމަ ސަޖިދައަށް ދަމުންނާއި ސަޖިދައިން ތެދެވަމުން ތަކްބީރު ކިޔަންވާނެއެވެ. އެއީ ކީރިތި ނަބިއްޔާ އެގޮތަށް ޢަމަލު ކުރައްވާފައިވާތީއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ "صلُّوا كما رأيتموني أصلي" "ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައި މީހުންނަށް ފެނުނު ގޮތަށް ތިޔަބައި މީހުން ނަމާދު ކުރާށެވެ"

ނަމާދުގެ ސަޖިދައިގާ ކުރާ ދުޢާތަކާއި ޛިކުރުތައް ތިލާވަތުގެ ސަޖިދާގައި ވެސް ކުރެވޭނެ ކަމަށް ޢިލްމުވެރިން ޙަދީޘްގެ ޢާންމު މާނައަށް ބައްލަވައި ވިދާޅުވެފައި ވެއެވެ. މިސާލަކަށް (اَلَّلهُمَّ لَكَ سَجَدتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِي لِلَّذِيْ خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ، تَبَارَكَ الله أَحْسَن الْخَالِقِيْنَ) އިމާމުމުސްލިމު އެކަލޭގެފާނުގެ ޞަޙީހުގައި ބަޔާން ކުރައްވާފައި ވެއެވެ. "ކީރިތި ރަސޫލާ ކުރިން މިއިޝާރަތް ކުރި ޛިކުރު ސަޖިދާގައި ވިދާޅުވެއެވެ."

ނަމާދުގެ ސަޖިދައިގާ ކުރާ ދުޢާތަކާއި ޛިކުރުތައް ތިލާވަތުގެ ސަޖިދާގައި ވެސް ކުރެވޭނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ އިރު، ތިލާވަތުގެ ސަޖިދަ ކުރައްވާއިރު ކީރިތި ރަސޫލާ އަންނަނިވި ދުޢާ ވިދާޅުވާ ކަމަށް ވެސް ވާރިދުވެފައިވެއެވެ.

(اَللَّهُمَّ اكْتُبْ لِيَ بِهَا عِنْدَكَ أَجْرًا، وَامْحُ عَنِّي بِهَا وِزْرًا، وَاجْعَلْهَا لِيَ عِنْدَّكَ ذَخْرًا، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاودُ عَلَيْهِ السَّلَامُ)
ނަމާދުން ބޭރުގައި ތިލާވަތުގެ ސަޖިދައަކީ ސުނަތެކެވެ. ވާޖިބެއް ނޫނެވެ. އެއީ ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިކަމަށް، ޒައިދު ބުނު ޘާބިތާއި، ޢުމަރުގެފާނުގެ އަރިހުން މިކަން ދަލީލުކޮށްދޭ ޙަދީޘްތައް ރިވާވެގެން އައިސްފައިވާތީއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *