ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ހޫދު ޢަލައިހިއްސަލާމް (2 ވަނަ ބައި)

إسماعيل عليه السلام ގެ ކުރިން އުޅުނު ޢަރަބިންނަށް ކިޔެނީ العرب العاربة އެވެ. އެއީ ވަރަށް ބައިވަރު ޤަބީލާތަކެކެވެ. މިޤަބީލާތަކަކީ ثمود، جرهم، طسم، جديس، أميم، مدين، عملاق، جاسم، قحطان، بنو يقطن، އެވެ.

العرب المستعربة އިންނަކީ إسماعيل عليه السلام ގެ ދަރިކޮޅުގެ މީހުންނެވެ. އެންމެ ފުރަތަމަ ޢަރަބި ފުޞްޙާއިން ވާހަކަ ދެއްކި މީހަކީ إسماعيل عليه السلام އެވެ. އެކަލޭގެފާނު ޢަރަބި ބަސްދަސްކުރެއްވީ ޖުރުހަމްވަންހައިގެ މީހުންގެ ގާތުންނެވެ. ނަމަވެސް إسماعيل عليه السلام ވާހަކަފުޅު ދެއްކެވުމަކީ ވަރަށް ފަޞާޙަތްތެރި އަދި ބަލަޣާތްތެރި ބަސްފުޅުތަކެކެވެ. ކީރިތި ރަސޫލާ ވާހަކަފުޅު ދައްކަވާފައިވަނީ އެ ބަސްފުޅުތަކުންނެވެ.
މިތަނުގައި ޢާދުގެ މާނައަކީ ފުރަތަމަ އުޅުނު މީހުންނެވެ. ޠޫފާނަށްފަހު މިބައިމީހުން ބުދަށް އަޅުކަން ކުރަމުން ދިޔައެވެ. މިބައިމީހުން އަޅުކަން ކުރަމުން ދިޔައީ ތިން ބުދަކަށެވެ. އެއީ صمدا، صمودا، هرا އެވެ.

މާތް الله މިބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އެމީހުންގެ އަޚު هود عليه السلام ފޮނުއްވިއެވެ. އެކަލޭގެފާނު އެމީހުންނަށް މާތް الله ގެ މަގަށް ގޮވައިލެއްވިއެވެ.

އެއީ سورة الأعراف ގައި ނޫޙުގެފާނުގެ ވާހަކަ ބަޔާން ކުރެއްވުމަށްފަހު މާތް الله އަންގަވައިފައިވާ ފަދައިންނެވެ.

﴿ وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ أَفَلَا تَتَّقُونَ﴾ އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟

﴿ قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ ﴾ އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ.

﴿ قَالَ يَا قَوْمِ لَيْسَ بِي سَفَاهَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ.

﴿أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ ﴾ އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ أمانة ތެރި نصيحة ތެރިޔަކީމެވެ.

﴿ أَوَعَجِبْتُمْ أَن جَاءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِي الْخَلْقِ بَسْطَةً فَاذْكُرُوا آلَاءَ اللَّـهِ لَعَلَّكُمْ تُفْلِحُونَ ﴾ ތިޔަބައިމީހުންނަށް إنذار ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيران ވީހެއްޔެވެ؟ އަދި نوح ގެފާނުގެ قوم އަށްފަހުގައި، خليفة އިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.

﴿ قَالُوا أَجِئْتَنَا لِنَعْبُدَ اللَّـهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ ﴾ އެއުރެން ބުނޫއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި اللَّه އަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ!

﴿ قَالَ قَدْ وَقَعَ عَلَيْكُم مِّن رَّبِّكُمْ رِجْسٌ وَغَضَبٌ أَتُجَادِلُونَنِي فِي أَسْمَاءٍ سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا نَزَّلَ اللَّـهُ بِهَا مِن سُلْطَانٍ فَانتَظِرُوا إِنِّي مَعَكُم مِّنَ الْمُنتَظِرِينَ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން عذاب އަކާއި، ކޯފާއެއް އައިސް، ތިޔަބައިމީހުންގެ މައްޗަށް ހުށަހެޅިއްޖެކަން ކަށަވަރެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން، ނަންދީފައިވާ ބުދުތަކާމެދު، ތިޔަބައިމީހުން ތިމަންކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟ އެތަކެއްޗަށް (އަޅުކަން ކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއް ނުލައްވަތެވެ. ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ.

﴿فَأَنجَيْنَاهُ وَالَّذِينَ مَعَهُ بِرَحْمَةٍ مِّنَّا وَقَطَعْنَا دَابِرَ الَّذِينَ كَذَّبُوا بِآيَاتِنَا وَمَا كَانُوا مُؤْمِنِينَ ﴾ ދެން (ތިމަންރަސްކަލާނގެ ކޯފާއާއި، عذاب އައިހިނދު) ތިމަންރަސްކަލާނގެ رحمة ފުޅުން، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ ބަޔަކު، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންގެ އެންމެފަހު މީހާއަށް ދާނދެން، ހަލާކު ކުރައްވައި، ނެތިކުރެއްވީމެވެ. އަދި އެއުރެން إيمان ވި ބަޔަކު ކަމުގައި ނުވެތެވެ."

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *