އެމެރިކާ

ހެއިޓީގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2 ލައްކައަށް އަރައިފި

ހެއިޓީގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2 ލައްކައަށް އަރައިފި ކަމަށް ހެއިޓީގެ ކަމާއި ބެހޭ ފާރާތްތަކުން ހާމަކޮށްފިއެވެ.

 

'2 ލައްކަ މީހުން މަގުތަކުންނާއި އެހެނިހެން ތަންތަނުން މަރުވެފައިވަނިކޮން ހޯދިފައިވޭ، އަދި މި އަދަދު ދަނީ އިތުރު ވަމުން' ހެއިޓީގެ އިސް ވެރިއަކު ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ޤައުމުގެ އިސްވެރިން ހާމަކުރާ ގޮތުގައި '3 ލައްކަ އަށް ވުރެ ގިނަ މީހުންނަށް ބިންހެލުމުގެ ސަބަބުން ހާނިއްކަ ވެފައިވާ ކަމަށާއި 1 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ނެތިފައިވާކަމަށްވެސް' މިހާތަނަށް ބެލިފައިވާކަމަށެވެ.

 

ބިންހެލުން އައިތާ 1 މަސް ދުވަސްވާން ކައިރިވެފައިވާއިރު އިމާރާތްތަކުގެ ދަށުވެ މަރުވެފައިވާ މީހުން އަދިވެސް ފެންނަމުންދާކަމަށް މީޑިއާތަކުން ދަނީ ހަބަރު ފަތުރަމުންނެވެ. ތަޖުރިބާކާރުން ހާމަކުރައްވާ ގޮތުގައި އެމެރިކާގެ ތާރީހުގައިވެސް މިފަދަ ބޮޑު ޤުދުރަތީ ކާރިސާއެއް ހިނގާފައި ނުވާ' ކަމަށާއި 'ކުޑަހިނދުކޮޅެއްގެ ތެރޭގައި އައި މިބިންހެލުމުގެ ސަބަބުން ބޮޑު މުސީބާތެއް ލައިގެންފައިވާ.' ކަމަށެވެ.

 

ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ހެއިޓީގެ ބިންހެލުމަކީ ސުނާމީގެ ކާރިސާގެ ކުރިމަތީ 'އެއްވެސް އެއްޗެއް ނޫން'ކަމުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *